logoEN
ޕީއެންސީ 2
ހަށިގަނޑުގައި ފޮރުވައިގެން ގިނަ އަދަދެއްގެ ކެކްޓަސް އެތެރެކުރަން އުޅުން މީހެއްގެ މައްޗަށް ދައުވާ ކޮށްފި

ހަށިގަނޑުގައި ފޮރުވައިގެން ގިނަ އަދަދެއްގެ ކެކްޓަސް އެތެރެކުރަން އުޅުން މީހެއްގެ މައްޗަށް ދައުވާ ކޮށްފި

899

ހަށިގަނޑުގައި ފޮރުވައިގެން ގިނަ ކެކްޓަސް ގަސްތަކެއް ނިއުޒިލޭންޑަށް އެތެރެކުރަން އުޅުނު އަންހެނެއްގެ މައްޗަށް ދައުވާ ކޮށްފިއެވެ.

ޝަރީ 2024

މި ގަސްތައް ވަގަށް އެތެރެކުރި ވެންޑީ ވަނީ ޗައިނާ އިން ވަގަށް ކެކްޓަސް އަދި ސަކިއުލެންޓް ގަސްތަކެއް އެތެރެކުރި ކަމަށް ނިއުޒިލޭންޑުގެ ކޯޓެއްގައި އެއްބަސްވެފައެވެ. އަދި ބައޯ ސެކުރިޓީ ޤަވާއިދާ ޚިލާފުވާ އިތުރު ކުށެއް ކުރި ކަމަށްވެސް އޭނާ ވަނީ އެއްބަސް ވެފައެވެ.

އޯކްލޭންޑުގައި ދިރިއުޅޭ 38 އަހަރުގެ މި އަންހެން މީހާ ވަނީ 2019 ވަނަ އަހަރުގެ މާރޗް މަހުގައި 147 ސަކިއުލެންޓް އަދި ކެކްޓަސް ހަށިގަނޑުގައި ފޮރުވައިގެން އެތެރެކުރަން މަސައްކަތް ކޮށްފައެވެ. މި ގަސްތަކުގެ އަގު ގާތްގަނޑަކަށް 10،000 ޑޮލަރަށް އަރާއިރު އެތެރެ ކުރަން އުޅުނު ތަނުން 8 ވައްތަރެއްގެ ގަހަކީ ދުނިޔެއިން ނެތި ދިއުމުގެ ބިރު ހީވެފައިވާ ގަސްތަކެވެ.

އޭނާ އޯކްލޭންޑް އިންޓަނޭޝަންލް އެއާޕޯޓުން އެތެރެވާން އުޅެނިކޮށް ސެކިއުރިޓީ ކުއްތާ އަކަށް ވަނީ އޭނާ ފާހަގަވެފައެވެ. އެއާއެކު އޭނާ އުޅުނީ އެއާޕޯޓް ފާހަނައަށްގޮސް އެ ގަސްތައް ނައްތާލެވޭތޯއެވެ. ނަމަވެސް އެކަން އޭނާއަށް ކާމިޔާބުވާގޮތެއް ނުވިއެވެ. އެ ޤައުމުގެ ޕްރައިމަރީ އިންޑަސްޓްރީއާ ބެހޭ މިނިސްޓްރީ އިން ވަނީ ގިނަ އަދަދެއްގެ ގަސްތަކެއް ހޯދާފައިވާކަމަށް ބުނެ ބަޔާނެއްވެސް ނެރެފައެވެ.

ވެންޑީ އުޅުނީ އެ ތަކެތި އެތެރެކޮށް ވިއްކަން ކަމަށް މަޢުލޫމާތު ލިބެއެވެ. މިދިޔަ ބުދަ ދުވަހު ކޯޓުން ވަނީ ވެންޑީ 12 މަސްދުވަސް ވަންދެން ވަރަށް ގާތުން ސުޕަވައިޒް ކުރުމަށް އަދި 100 ގަޑިއިރު ވަންދެން ކޮމިއުނިޓީ މަސައްކަތް ކުރުމަށް ހުކުމް ކޮށްފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ