logoEN
cocacola
ތާރީހުގައިވެސް ކުޅިވަރުގެ ވަސީލަތްތަށް ތަރައްގީނުވާ މިންވަރަށް ކުޅިވަރު ވަސީލަތްތަށް ތަރައްގީވާނެ - ރައީސް

ތާރީހުގައިވެސް ކުޅިވަރުގެ ވަސީލަތްތަށް ތަރައްގީނުވާ މިންވަރަށް ކުޅިވަރު ވަސީލަތްތަށް ތަރައްގީވާނެ - ރައީސް

އަހުމަދު ޝުރާއު

logo

2/4/2021, 3:27:20 PM

180013_a6509a3b-6_

މިހާރު ފަށައިފައިވާ ކުޅިވަރު މަޝްރޫތައް ފުރިހަމަވެގެންދާއިރު އެ ކުޅިވަރުގެ ވަސީލަތްތަށް ތާރީހުގައިވެސް ތަރައްގީނުވާ މިންވަރަށް ކުޅިވަރު ދާއިރާގެ ވަސީލަތްތަށް ތަރައްގީވެގެންދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ .

ގޮސިޔާ

ރައްޔިތުންގެ މަޖިލީހުގެ 2021 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަމުން ރައީސް ވިދާޅުވީ ދުޅަހެޔޮ ހަށިހެޔޮ ދިރިއުޅުމެއް ހޯދައިދިނުމުގެ ސިޔާސަތުގެ ދަށުން މިދިޔަ އަހަރު މުހިންމު މަސައްކަތްތަކެއް ކޮވިޑް-19ގެ ދަތި ހާލަތުގެ ތެރޭގައިވެސް ފުރަބަންދުގައި ތިބިއިރު ވެސް ކުޅިވަރަށް ތަރައްގީވެފައިވާކަމަށެވެ .

"މާލެ އާއި ރަށްރަށުގައި މިހާރު ފަށާފައިވާ ކުޅިވަރު ދާއިރާގެ މަޝްރޫއުތައް ފުރިހަމަވެގެންދާއިރު ރާއްޖޭގެ ތާރީހުގައި ވެސް ކުޅިވަރު ވަސީލަތްތައް ތަރައްގީނުވާ މިންވަރަށް އެ ވަސީލަތްތައް ތަރައްގީވާނެ،" ރައީސް ވިދާޅުވި އެވެ ..

މުޅި ރާއްޖެ އަށް ހުޅުވާލައިގެން ބޭއްވޭ ލީގެއް ފެށުމުގެ މަސައްކަތަށް އަމާޒުކޮށްގެން ސަރުކާރުންވަނީ ފަސް އަހަރު ތެރޭގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 100 ޓާފް ދަނޑު އަޅަން ނިންމައި އޭގެ ތެރެއިން ބައެއް ދަނޑުތައް ނިމާލައިފައެވެ . މަސައްކަތް ފަށާފައިވާ އެއްބައި ދަނޑުތަކުގެ މަސައްކަތް އޮތީ މި ވަގުތު ހުއްޓިފައިވާއިރު އެ ރަށްރަށުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ