logoEN
ޕީއެންސީ 2
ވިޔަފާރިކުރުމުން ދޭ ކޮންމެ ޕްލާސްޓިކް ކޮތަޅަކަށް 2 ރުފިޔާ ނަގަން ފާސްކޮށްފި

ވިޔަފާރިކުރުމުން ދޭ ކޮންމެ ޕްލާސްޓިކް ކޮތަޅަކަށް 2 ރުފިޔާ ނަގަން ފާސްކޮށްފި

އަޙްމަދު ޖަމީލު

logo

11/28/2022, 2:36:23 PM

DD9437C4-26A2-494E-A72F-402EA446257D

ވިޔަފާރިކުރުމުން ދޭ ސިންގަލް ޔޫސް ޕްލާސްޓިކް ކޮންމެ ކޮތަޅަކުން 2 ރުފިޔާގެ ފީއެއް ނަގަންޖެހޭ ގޮތަށް މަޖުބޫރުކޮށް ކުނިމެމޭޖް ކުރުމުގެ ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ޝަރީ 2024

ސަރުކާރުގެ ފަރާތުން މި ބިލް މަޖިލީހަށް ހުށަހެޅީ ކޮމަންޑޫ ދާއިރާގެ މެމްބަރު މުހައްމަދު ރާޝިދުއެވެ.

ފިހާރަތަކުން މުދާ ވިއްކާއިރު ސިންގަލް ޔޫސް ޕްލާސްޓިކް ކޮތަޅު ދޭ ނަމަ ކަސްޓަމަރުންގެ އަތުން ކޮތަޅަކަށް 2 ރުފިޔާ ޓެކްސްގެ ގޮތުގައި ނަގަން ސަރުކާރުން ވަނީ މި އަހަރުގެ ބަޖެޓުގައި ހިމަނާފަ އެވެ.

މި ބިލުގައި ކޮތަޅުން ޓެކްސް ނެގުން އިސްތިސްނާވާ ހާލަތްތައް ކަމަށް ބުނެފައި ވަނީ :

ޑިއުޓީ ފްރީ ފިހާރަތަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ ކޮތަޅު

ބަންދުނުކޮށް ހުންނަ ހުރިހާ ބާވަތެއްގެ ތާޒާ މަސް އެޅުމަށް ބޭނުންކުރާ ޕްލާސްޓިކް ކޮތަޅު

ބަންދުނުކޮށް ހުންނަ ހަނޑޫ، ހަކުރު އަދި ފުށް އެޅުމަށް ބޭނުންކުރާ ޕްލާސްޓިކް ކޮތަޅު

50 ނުވަތަ އެއަށް ވުރެ ގިނަ ޕްލާސްޓިކް ކޮތަޅު ހިމެނޭ ކޮތަޅު ބޮނޑި

ކުނި މެނޭޖުކުރުމުގެ ހިދުމަތް ދޭ ފަރާތްތަކުން ކުނި އަޅަން ހާއްސަކޮށް ވިއްކާ ނުވަތަ ދޫކުރާ “ބިންލައިނާ”

މި ޓެކްސް ނުނަގައި ޕްލާސްޓިކް ކޮތަޅެއް ދީފި ނަމަ 5000 ރުފިޔާ އާއި 50000 ރުފިޔާ އާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމަށް ވަނީ ނިންމާފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ