logoEN
PNC TOP 3
ތިނަދޫއިން ނެގި ހުރިހާ ސާމްޕަލެއް ނައްސި

ތިނަދޫއިން ނެގި ހުރިހާ ސާމްޕަލެއް ނައްސި

އަހުމަދު ޝުރާއު

logo

2/4/2021, 1:30:34 PM

Gdh.thinadhoo

ގދ. ތިނަދޫއަށް ދިޔަ ޖެންޑާ މިނިސްޓްރީގެ ދެ މުވައްޒަފަކު ކޮވިޑަށް ފައްސި ވުމާއި ގުޅިގެން ތިނަދޫއިން ޑައިރެކްޓް ކޮންޓެކްޓްވި މީހުންގެ ކޮވިޑް ސާމްޕަލްތަށް ކޮވިޑަށް ނައްސި ވެއްޖެ އެވެ.

PNC MID 2

ތިނަދޫގައި ހުންނަ ޑރ އަބްދުލްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލް ސާލިމް އަލީ ވަނީ މިކަން "ގާފު" އަށް ކަށަވަރުކޮށްދީފައިއެވެ.

" ގާފު " އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޑައިރެކްޓް ކޮންޓެކްޓުން ގޮތުގައި ފާހަގަވެފައިވަނީ 18 މީހުންނެވެ. އެގޮތުން މި 18 މީހުންގެ ސާމްޕަލް އިއްޔެ ވަނީ ނެގިފައިއެވެ. އަދި މިއަދު އެ ހުރިހާ ސާމްޕަލެއް ނައްސިވެފައިވާކަމަށް ޑރ އަބްދުލްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލް ސާލިމް އަލީ ވިދާޅުވިއެވެ.

ތިނަދޫއިން ކޮވިޑް 19 އަށް ފައްސިވި ދެމީހުން ފައްސިވިކަން އެނގިފައިވަނީ ދަތުރު ނިންމާލުމަށްފަހު މާލެ ދިޔަފަހުން އިއްޔެގެ ވަގުތެއްގައިއެވެ. އަދި މި ދެފަރާތަކީވެސް އެޗްޕީއޭގެ ޚާއްސަ ހުއްދައިގެ ދަށުން ތިނަދޫއަށް ދިޔަ ދެމީހުންނެވެ.

މި ކޭސްއާއި އެކު ތިނަދޫ ވަނީ މޮނީޓަރިންގ ގެ ހާލަތަށް ލާފައިއެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC