logoEN
cocacola
ފަހަތުން އަރައި މޮޅުވެ ކޮޕާޑެލްރޭ ބާސާއިން ކޮޕާޑެލްރޭގެ ސެމީއަށް

ފަހަތުން އަރައި މޮޅުވެ ކޮޕާޑެލްރޭ ބާސާއިން ކޮޕާޑެލްރޭގެ ސެމީއަށް

# ކޮޕާޑެލްރޭ ބާސާ

ގރިޒ

ދެވަނަ ހާފު ނިމެން ހަ މިނެޓަށް ވެފައި އޮއްވާ ބާސާއިން ޖެހި ދެ ގޯލާއެކު އިތުރު ވަގުތުގައި ކުޅެ ޖެހި ލަނޑުތަކާއެކު އެޓީމުން ކޮޕާޑެލްރޭގެ ސެމީ ފައިނަލުން ޖާގަ ކަށަވަރުކޮށްފިއެވެ.

ގޮސިޔާ

ރޭގެ މެޗުގެ 88 ވަނަ މިނެޓާ ހަަމައަށް ގްރަނާޑާ ދެ ގޯލުގެ ލީޑެއްގައި އޮތެވެ. ބާސެލޯނާ އިން ފަހު ވަގުތު ދެ ގޯލު ޖަހައި އެއްވަރުކޮށް ނަތީޖާ އެ ޓީމު ކޮޅަށް އަނބުރާލީ އިތުރު ވަގުތުގެ ދެ ހާފުގެ ތެރޭގަ އެވެ. ގްރަނާޑާގެ ދަނޑުގައި ކުޅުނު މި މެޗުން ބާސާ މޮޅުވީ 5-3 ގެ ނަތީޖާއަކުންނެވެ . މެޗުގެ ފުރަތަމައިން ލީޑު ގްރަނާޑާއިން ނެގިއިރު މި ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ ފުރަތަމަ ހާފުގައި ކެނެޑީ އެވެ .ދެ ވަނަ ހާފު ފެށިގެން ދެ ވަނަ މިނިޓްގައި ރޮބާޓޯ ސޮލްޑާޑޯ ވަނީ އެ ޓީމަށް ލީޑުފުޅާކޮށްދީފަ އެވެ. ބާސެލޯނާ ގެ ނުރައްކާތެރި އެޓޭކުތަކުގެ ސަބަބުން މެޗުގެ ތެރެއަށް އެޓީމުން އުއްމީދެއް ހޯދި 88 ވަނަ މިނިޓްގައި އެންޓޮއިން ގްރީޒްމަން ގޯލެއް ކާމިޔާބުކުރިއެވެ . މި ގޯލާއިއެކު އިތުރު ވަގުތުގެ ދެ ވަނަ މިނިޓްގައި ބާސެލޯނާ އަށް ޖޯޑީ އަލްބާ ގޯލެއް ކާމިޔާބުކޮށް އެއްވަރުކޮށްދިނެވެ .

މެޗުގެ އިތުރު ވަގުތުގެ ދެ ހާފުގެ ތެރެއިން ބާސާގެ ތިންވަނަ ލަނޑު މެޗުގެ 100 ވަނަ މިނެޓުގައި ކާމިޔާބުކުރީ ޖޯޑީ އަލްބާގެ އެހީއާއެކު ކާމިޔާބުކޮށްދިނީ އެންޓޮއިން ގްރީޒްމަން އެވެ. މި ލަނޑު ޖެހިތާ ތިން މިނެޓު ފަހުން ލިބުނު ޕެނަލްޓީއަކުން ގްރަނާޑާގެ ތިންވަނަ ލަނޑު ފެޑެވިކޯ ކާމިޔާބުކުރި އެވެ. ބާސާގެ ހަތަރުވަނަ ލަނޑު 108 ވަނަ މިނެޓުގައި ފްރޭންކް ޑިޔޮން ކާމިޔާބުކުރި އިރު 113 ވަނަ މިނެޓުގައި ބާސާގެ ފަސްވަނަ ލަނޑު އެންޓޮއިން ގްރީޒްމަންގެ އެހީއާއެކު ކާމިޔާބުކުރީ ޖޯޑީ އަލްބާ އެވެ.

ބާސާއާއެކު މުބާރާތުގެ ސެމީފައިނަލަށް މިހާތަނަށް ދަތުރުކުރި ޓީމުތަކަކީ ސެވިއްޔާ، ލެވަންޓޭ، އެވެ . ދެން ސެމީގެ ޖާގައެއް ކަށަވަރުވާ ޓީމެއް ޔަގީންވާނީ މިރޭ ރެއާލް ބެޓިސް އާއި އެތްލެޓިކް ކުލަބް ބައްދަލުކުރާ މެޗަށްފަހު އެވެ .

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ