މަޝްހޫރު ރިއޯ ދުނިޔެއިން އެެއްކޮށް ނެތިއްޖެ

ދުނިޔޭގެ އެތައް ބަޔެއްގެ ލޯބި ލިބިގެންދިޔަ "ރިއޯ" ފިލްމުން ފެނިގެން ދިޔަ ނޫކުލައިގެ މަކާއު މުޅި ދުނިޔެއިން އެއްްކޮށް ނެތިއްޖެ ކަމަށް ކަމާބެހޭރަސްމީ ފަރާތްތަކުން ހާމަކޮށްފިއެވެ.

ދުނިޔެއިން އަބަދުވެސް ކޮންމެވެސް ބާވަތެއްގެ ދިރުމެއް ނެތިގެންދާއިރު، މިފަހަރު މުޅި ދުނިޔެއިން އަލްވަދާއު ކިޔާލި ދޫނި ލިސްޓަށް އިތުރުވެގެން ދިޔައީ ނޫކުލައިގެ (ހައިސިންތު) މަކާއުއެވެ.

2011 ވަނަ އަހަރު ބްލޫ ސްކައި ސްޓޫޑިއޯއިން އުފެއްދި އެނިމޭޓެޑް ފިލްމު "ރިއޯ" އިން ފެނިގެންދާ ނޫކުލައިގެ މަކާއު, އެމެރިކާގެ މިނިސޮޓާއިން ބްރެޒިލްގެ ރިއޯއަށް ހިޖުރަ ކުރީ އެދޫނީގެ ނަސްލު ނެތި އެދޫންޏަކީ އެބާވަތުގެ އެންމެ ފަހު ދޫނިކަމަށް ގަބޫލުކޮށްގެންނެވެ. އެހެންނަމަވެސް ރިއޯ އިން މި ބާވަތުގެ އަންހެން މަކާއު (ޖުވެލް) އާ ދިމާވެއެވެ.

މި ފިލްމު ވެގެން ދިޔައީ އެތައްބައެއްގެ ލޯބި ލިބި ބޮކްސް އޮފީސްގަވެސް ވަރަށް ކުރިއަށް ޖެހިލި ފިލްމަކަށެވެ. އަދި އެތައް އެވޯޑެއް ހާސިލްކޮށްފައި ވާ މި ފިލްމުގެ 2 ވަނަ ބައެއްވެސް 2014 ވަނަ އަހަރު ވަނީ ރިލީޒްކޮށްފައެވެ.

ބާޑްލައިފް އިންޓަނޭޝަނަލް އިން މިއަހަރުގެ ޖެނުއަރީ މަހު މި ދޫނީގެ ނަސްލު ނެތިގެން ގޮސްފައިވާ ކަމަށް ވަނީ ހާމަކޮށްފައެވެ. މި ދޫނި ނެތިގެން ދާން ދިމާވި މައްސަލަ ތަކުގެ ތެރޭގައި ޖަންގަލިން ގަސްތައް ކެނޑުމާއި ދޫނި އުޅޭ ސަރަހައްދުގައި މީހުން އާބަދުވުން ހިމެނެއެވެ.

މި ދޫނި ނެތިގެން ދިޔުމަށް މެދުވެރިވި މައިގަނޑު ސަބަބަކީ، ޖަންގަލިން ގަސްތައް ކެނޑުމުގެ އިތުރުން ދޫނި އުޅޭ ސަރަހައްދުގައި މީހުން އާބަދުވެ، މި ދޫނި ހިމާޔަތް ކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައި ނުވާތީއެވެ.

ބާޑްލައިފް އިންޓަނޭޝަނަލް އިން ވަނީ ޖުމްލަ 8 ވައްތަރެއްގެ ދޫންޏެއް ނެެތެން ކައިރިވެފައިވާކަން ހާމަކޮށްފައެވެ. އޭގެ ތެރެއިން ހަތަރު ވައްތަރަކީ  މިހާރު މުޅިން ނެތި ގޮސް ނުވަތަ ނެތިވާން ކައިރިވެފައިވާ ދޫނިތަކެވެ. އަދި އޭގެ ތެރެއިން 5 ވައްތަރަކީ ދެކުނު އެމެރިކާއަށް ނިސްބަތްވާ ދޫނިތަކެވެ.

 

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް