logoEN
ކޮކާކޯލާ
ރައީސް ޗެމްބަރުން ނިކުމެ ވަޑައިގަތް ވަގުތު އިދިކޮޅު މެންބަރުން ދޮރުކުރިމަތީގައި އިޙްތިޖާޖުގައި

ރައީސް ޗެމްބަރުން ނިކުމެ ވަޑައިގަތް ވަގުތު އިދިކޮޅު މެންބަރުން ދޮރުކުރިމަތީގައި އިޙްތިޖާޖުގައި

އަހުމަދު ޝުރާއު

logo

2/4/2021, 11:56:04 AM

EtXOxvdVEAA8ogC (1)

ރައްޔިތުންގެ މަޖިލީހުގެ 2021 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، ރައްޔިތުންގެ މަޖިލީހުގެ ޗެމްބަރުން ނިކުމެ ވަޑައިގަތް ވަގުތު އިދިކޮޅު މެންބަރުން އިހުތިޖާޖު ކުރައްވައިފިއެވެ.

އަބުޅޯ

ރައީސް ޔާމީން ދޫކޮށްލުމަށް ގޮވާލާ ބެނާ އެއް ހިއްޕަވައިގެން ތިބެ އިދިކޮޅު މެންބަރުން ވަނީ ރައީސް ސޯލިހާއި މަޖިލީސް ރައީސް، ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ ޗެމްބަރުން ނިކުމެވަޑައިގެން މަޖިލީހުން ބޭރަށް ނިކުމެވަޑައިގަންނަވާ ދޮރު ކައިރިއަށް ވަަޑައިގެންނެވިއިރު އިހުތިޖާޖު ކުރައްވާފައެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯއެއްގައި ފެންނަގޮތުން ނަމަ ރައީސް ވަނީ އިދިކޮޅު މެންބަރުންގެ ވާހަކަތައް އަޑުއައްސަވައި، އެ މެންބަރުންނާ ކޮންމެވެސް ވަރަކަށް ވާހަކަ ވެސް ދައްކަވާފައެވެ. ރައީސް ޔާމީން ދޫކޮށްލުމަށް ގޮވާލާ ބެނާސ ހިއްޕަވައިގެންތިބީ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދާއި، ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފާއި ފުލިދޫ ދާއިރާގެ މެމްބަރު ފަޒުލް ރަޝީދެވެ.

މަޖިލީހުގެ ޖަލްސާ އިދިކޮޅުން ބޮއިކޮޓް ކޮށްފައިވަނީ ރައީސާ ޔާމީނަަށް ނުހައްގުން ދެމުންދާ އަނިޔާތަކާއި ގުޅިގެން ކަމަށް އެކޯލިޝަނުން ބުނެއެވެ. އަދި މިހާތަނަށް ރައީސް ޞާލިހު އިއްވެވި އެއްވެސް ބަޔާނަކުން ރައްޔިތުންނަށް އުންމީދު އާވެފައިނުވާކަމަށް އިދިކޮޅުން ވަނީ ބުނެފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ