ބޯ މަތީގައި ސައިކަލެއް ބަހައްޓައިގެން ބަހަކަށް މީހަކު އަރާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެއްޖެއެވެ.
މީސްމީޑިއާގައި މީހަކު ހިއްސާކޮށްފައިވާ ވީޑިއޯއަކުން ފެންނަނީ، މީހަކު ސައިކަލެއް އޭނާގެ ބޯ މަތީގައި ބަހައްޓައިގެން ހަރުގަނޑަކުން ބަހެއްގެ މައްޗަށް އަރާ މަންޒަރެވެ. ބަރު ސައިކަލު ބޯ މަތީގައި ބަހައްޓައިގެން ވަރަށް ހަމަޖެހިލައިގެން އެމީހާ އަރަމުންދާ މަންޒަރު ފެނިފައި ގިނަ ބަޔަކު ވަނީ ހައިރާންވެފައެވެ.
They are really super human 👏🔥❤️ pic.twitter.com/kNruhcRzE1
— ज़िन्दगी गुलज़ार है ! (@Gulzar_sahab) November 25, 2022
90 ހާހަށްވުރެ ގިނަ މީހުން މިހާތަނަށް ބަލާފައިވާ މިވީޑިއޯއިން އެންމެ ފާހަގަކުރެވޭ އެއްް ކަމަކީ ބޯ މަތީގައި އޭނާ ސައިކަލު ބަހައްޓާފައި ހުރި އިރު އިތުރު މީހަކުވެސް އަދި އެއްވެސް އިތުރު އެއްޗެއް އެހީތެރިކަމެއް ނެތި އޭނާ ސައިކަލު ބެލެންސް ކޮށްފައިވާ ގޮތެވެ.
ގިނަ ބަޔަކު ބުނާ ގޮތުގައި މިއީ އަސްލު "ބާހޫބަލީ"އެވެ.