logoEN
ޕީއެންސީ 2
ބޮމެއް އޮތް ކަމަށް ބުނި މީހާގެ ބަންދަށް 7 ދުވަސް

ބޮމެއް އޮތް ކަމަށް ބުނި މީހާގެ ބަންދަށް 7 ދުވަސް

އައިޝަތު އިފާޝާ

logo

11/26/2022, 4:36:10 PM

Crime

ދަބަހުގައި ބޮމެއް އޮތް ކަމަށް ބުނެ އިންޒާރު ދެމުންދިޔަ މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދަށް 7 ދުވަސް ޖަހައިފިއެވެ.

ޝަރީ 2024

ފުލުހުން ބުނީ، ހުޅުމާލޭ ބީޗް ކްލަބަށްް ވަދެ ދަބަހުގައި ބޮމެއް އޮތް ކަމަށް ބުނެ އިންޒާރު ދިން މައްސަލައެއް ރޭގެ ވަގުތެއްގައި ރިޕޯޓުކުރުމާއި ގުޅިގެން ފުލުހުން އެސަރަހައްދަށް ގޮސް އުމުރުން 38 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެ މީހާގެ ބަންދަށް މިއަދު ކޯޓުން 7 ދުވަސް ޖަހައިދީފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ބޮމެއް އޮތްކަމަށްބުނެ އިންޒާރުދިން މައްސަލައިގައި މީހަކު ހައްޔަރުކުރިއިރު، މިފަހުން ސިފައިންނާއި ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައިވަނީ ނުރައްކާތެރި ބޮމުގެ ހަމަލާއެއްދޭން އުޅުނު ބަޔަކު ހައްޔަރުކޮށް، ބޮން ހެދުމަށް ބޭނުންކުރިތަކުތި އަތުލާފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ