logoEN
cocacola
ދާރުލްއާސާރަށް ހިލޭ ވަނުމުގެ ފުރުސަތާއެކު ބޮޑު ތަރުހީބެއް

ދާރުލްއާސާރަށް ހިލޭ ވަނުމުގެ ފުރުސަތާއެކު ބޮޑު ތަރުހީބެއް

އައިޝަތު އިފާޝާ

logo

11/26/2022, 3:45:59 PM

FieeuKHaMAE6NUa

ގައުމީ ދާރުލްއާސާރަށް އެއްވެސް އަގަކާ ނުލައި މިއަދު ވަނުމުގެ ފުރުސަތު ހުޅުވާލުމާއެކު ބޮޑު ތަރުޚީބެއް ލިބެމުންދާ ކަމަށް ސަގާފީ ތަރިކަ ރައްކާކުރާ މަރުކަޒުން ބުނެފިއެވެ.

ގޮސިޔާ

އެމަރުކަޒުން ކުރެއްވި ޓުވީޓެއްގައި ބުނީ، ގައުމީ ދާރުލްއާސާރަށް 70 އަހަރު ފުރުމާއި ގުޅިގެން އެއްވެސް އަގަކާ ނުލައި މިއަދު ގައުމީ ދާރުލްއާސާރަށް ވަނުމުގެ ފުރުޞަތު ހުޅުވާލުމާ ގުޅިގެން ގިނަ ބަޔަކު ދަނީ ޒިޔާރަތް ކުރަމުން ކަމަށެވެ.

ދާރުލްއާސާރަށް ހިލޭ ވަދެވޭނީ މިއަދު ހެނދުނު 10:00 އިން ފެށިގެން ހަވީރު 18:00 އާ ހަމައަށް ކަމަށް އެ މަރުކަޒުން ބުނެއެވެ.

ދާރުލް އާސަރަށް ވަނުމަށް ނަގާ ފީއަށް ބަލާއިރު 16 އަހަރުން މަތީގެ ދިވެހިންގެ އަތުން ނަގަނީ 20ރ. އެވެ. އަދި ފަސް އަހަރާއި 16 އަހަރާއި ދެމެދުގެ ކުދިންގެ އަތުން ނަގަނީ 10ރ. އެވެ.

5 އަހަރަށް ވުރެ ދަށް ކުދިންނާއި، 65 އަހަރުން މަތީގެ ދިވެހިންނަށް ހިލޭ ވަދެވޭނެއެވެ. އަދި 16 އަހަރުން މަތީގެ ބިދޭސީން ވަންނަން 100ރ. ނަގާއިރު، 16 އަހަރާއި ފަސް އަހަރާއި ދެމެދުގެ ބިދޭސީ ކުދިންގެ އަތުން ނަގަނީ 20ރ. އެވެ. އަދި ފްލެޝް ނުލާ ފޮޓޯ ނެގުމަށް 10ރ ޗާޖް ކުރެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ