logoEN
cocacola
މަސްޖިދުއް ނަބަވީގެ ހަރަމްތެރޭގައި އަންހެނަކު ވިހައިފި

މަސްޖިދުއް ނަބަވީގެ ހަރަމްތެރޭގައި އަންހެނަކު ވިހައިފި

އައިޝަތު އިފާޝާ

logo

11/26/2022, 3:30:54 PM

FiZOSr9aUAIrz43

މަދީނާގައި ހުންނަ މަސްޖިދުއް އަލް ނަބަވީގެ ގޯތިތެރޭގައި އަންްހެނަކު ވިހައިފިއެވެ.

ގޮސިޔާ

ސައުދީ ރެޑް ކްރެސެންޓް އޮތޯރިޓީގެ ޑައިރެކްޓަރ ޖެނެރަލް އަޙްމަދު އަލް ޒަހުރާނީ އާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މަދީނާގެ މަސްޖިދުއް އަލް ނަބަވީގެ ގޯތިތެރޭގައި އަންްހެނަކު ކުއްލި ގޮތަކަށް ވިހައިގެން އެ އޮތޯރިޓީން އެޓެންޑް ވެފައިވާ ކަމަށެވެ.

ރެޑްކްރެސެންޓްގެ ޓީމުން ގޮސް ބެލިއިރު ފެނުނީ އެ މާބަނޑުމީހާ ވިހަންވެގެން ރިހުން އަންނަން ފަށާފައިވާ ތަން ކަމަށާއި އޭރު ވިހެއުމުގެ ފަހު މަރުހަލާވެސް ފެށިފައިވާ ކަމަށް ޒަހުރާނީ ބުނެފައިވެއެވެ.

View post on Twitter

އަދި އަންހެން މީހާ އާއި ވިހެއި ދަރިފުޅު ބާބް ޖިބްރީލް ހޮސްޕިޓަލަށް ބަދަލުކޮށްފައި ކަމަށްވެސް ޒަހުރާނީ ބުނެފައިވެއެވެ. ޒަހުރާނީ އިތުރަށް ބުނީ، އެކުއްޖާގެ ބައްޕަ ވަނީ އެކުއްޖާގެ ނަމަކަށްް "ތައިބާ" ދީފައެވެ.

ޒަހުރާނީ ބުނީ މަސްޖިދުއް ނަބަވީގައި ތިބޭ ރެޑްކްރެސެންޓްގެ ޓީމަކީ ކޮންމެފަދަ މެޑިކަލް ހާލަތަކަށްވެސް ތައްޔާރުވެގެން ތިބޭ ކޮންމެ ފަދަ ހާލަތެއްގައިވެސް ފަރުވާދެވޭނެ ޓީމެއް ކަމަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ