logoEN
cocacola
ރިޔާސީ ބަޔާނާއި ދިމާކޮޮށް އިދިކޮޅުން މުޒާހަރާއަށް

ރިޔާސީ ބަޔާނާއި ދިމާކޮޮށް އިދިކޮޅުން މުޒާހަރާއަށް

އަހުމަދު ޝުރާއު

logo

2/4/2021, 10:32:17 AM

146508052_170068434595323_1929522202718455399_n

ރައްޔިތުންގެ މަޖިލީހުގެ 2021 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ބަޔާން އިއްވުމާއި ދިމާކޮށް އިދިކޮޅު ފަރާތްތަކުން މުޒާހަރާކުރަން ފަށައިފި އެވެ.

ގޮސިޔާ

ރިޔާސީ ބަޔާނާއި ދިމާކޮށް އިދިކޮޅު ކޯލިޝަނުން ކުރިޔަށް ގެންދާ މުޒާހަރާ ކުރިޔަށް ދަނީ މަޖީދިއްޔާ ސްކޫލް ކުރިމަތީގައިއެވެ. ފުލުހުން ވަނީ މަޖިލިސް ހިމެނޭ ސަރަހައްދު ބަންދުކޮށް ކޯޑަން ކޮށްފައިއެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާ އިދިކޮޅު ކޯލިޝަންގެ މަޖިލިސް މެމްބަރުން ވަނީ ބޮޮއިކޮޮޓް ކޮށްފައެވެ. އަދި ރިޔާސީ ބަޔާނަށް ފަހު އިދިކޮޅު މެމްބަރުން ވަނީ މުޒާހަރާގެ ބައިވެރިންނާ ގުޅި ރައީސް ސޯލިހްގެ އިސްތިއުފާއަށާއި ކުރީގެ ރައީސް ޔާމީން ޖަލުން މިނިވަން ކުރުމަށް ގޮވާލާފައިއެވެ.

އިދިކޮޅު މަޖިލީހުގެ މެމްބަރުން ވަނީ ރައީސްގެ ރިޔާސީ ބަޔާނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިއެވެ. އަދި މިއަދު އިއްވި ރިޔާސީ ބަޔާނަކީ އެއްވެސް ވަރެއްގެ އުންމީދެއް އާވި ރިޔާސީ ބަޔާނެއް ނޫންކަން ވެސް ވަނީ ފާހަގަކުރައްވާފައިއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ