logoEN
cocacola
އުރަމަތީ ކެންސަރު ދެނެގަންނަ ތާމަލް ސްކޭނަރެއް އުފައްދައިފި

އުރަމަތީ ކެންސަރު ދެނެގަންނަ ތާމަލް ސްކޭނަރެއް އުފައްދައިފި

އައިޝަތު އިފާޝާ

logo

11/26/2022, 3:00:43 PM

6f4c0f24cc185c53f7286c65749b9196a3c9df1e_dr.-geetha-manjunath-ceo-cto-niramai

ރޭޑިއޭޝަނެއް ނާންނަ އަދި ހަށިގަނޑުގައި އެއްވެސް އެއްޗެއް ހަރުނުކޮށް އުރަމަތީ ކެންސަރު ހުރިކަން ދެނެގަނެވޭ ސްކޭނަރެއް އިންޑިއާގައި އުފައްދައިފިއެވެ.

ގޮސިޔާ

އިންޑިއާގެ ޒެރޮކްސް ރިސާޗް ސެންޓަރުގެ ހެޑް ގީތާ މަންޖުނާތުގެ މި އުފެެއްދުމާ އެކު ސިއްހީ ދާއިރާއަށް އާ އިންގިލާބެއް އަންނާނެ ކަމަށް މާހިރުން ބުނާ އިރު މި އީ އަގު ހެޔޮ ހަރަދު ކުޑަ އާލާތެކެވެ.

ބްރެސްޓް ކެންސަރު ދެނެގަންނަން އެންމެ ޔަގީން ޓެސްޓަކީ މެމޯގްރަޕީ ހެދުން ކަމަށް ވާ އިރު އެއީ އަގު ބޮޑު އަދި މެދުފަންތީގެ ގައުމުތަކުގެ އިތުރުން ފަގީރު ގައުމުތަކުގެ ކޮންމެ މީހަކަށް ފަސޭހައިން ހޯދޭ ހިދުމަތެއް ނޫނެވެ.

ނަމަވެސް ގީތާ އުފެއްދި ސްކޭނަރަކީ، ބޭނުން ކުރަން ފަސޭހަ އަދި އަގު ހެޔޮ ހިދުމަތެއް ކަމުން ގިނަ އަދަދެއްގެ ބަޔަކަށް، ކުރީކޮޅުގައި ބްރެސްޓް ކެންސަރު ދެނެގަތުމަށް ފަސޭހަވެ މާލީ ގޮތުން ލުއިތަކެއް ލިބިގެން ދާނެ ކަމަށް ބުނެއެވެ.

"މެމޭގްރާމް ހަދައިގެން ކުރީކޮޅުގައި ނޭނގުނު، އަދި އުމުރުން 45 އަހަރުގެ އަންހެނުންނަށް ބްރެސްޓް ކެންސަރު ޖެހިފައި ހުއްޓަސް، ކެންސަރުގެ ކުރީކޮޅުގައި މެމޯގްރާމުން ދެނެގަތުމަކީ އުނދަގޫ ކަމެއް، އެހެންވެ އާޓިފިޝަލް އިންޓަލިޖަންސް ގެ އެހީގައި ކުރީކޮޅުގައި ދެނެގަނެވޭނެ ގޮތެއް ހޯދަން ކުރި މަސައްކަތެއް މިއީ"

ގީތާ

ތަރުމަލިޓިކްސް ގެ ނަމުގައި ރަޖިސްޓްރީ ކޮށްފައި ވާ އާ ތާމަލް އިމޭޖިން ނުވަތަ ސްކޭނަރުގެ އެހީގައި މިހާރު 29 ސިޓީއަކުން 75،000 އަންހެނެއްގެ އުރަމަތި ސްކޭން ކޮށްފައި ވާ ކަމަށް ގީތާ ބުނެއެވެ. މި ޓެކްނޮލޮޖީގައި އިފްރާރެޑް ކެމެރާ ބޭނުންކޮށްގެން އަންހެނާގެ އުރަމަތީގެ ފިނި ހޫނުމިން ދެނެގަނެއެވެ. އަދި ޓިއުމަރު ހުންނަ ސަރަހައްދުގެ ޓެމްޕްރޭޗާ ފާހަގަ ކުރެވެއެވެ. އެ މައުލޫމާތު އާޓިފިޝަލް އިންޓަލިޖަންސްގެ އެހީގައި ރީޑްކޮށް އޭގެ ސައިޒާއި ވައްތަރު ދެނެގަނެއެވެ.

ގީތާގެ މި އީޖާދު ޓެސްޓް ކުރުމަށް ކެންސަރު ޖެހިފައި ތިބި 72 މީހެއްގެ އުރަމަތި ސްކޭންކޮށް އެ މައުލޫމާތު އާޓިފިޝަލް އިންޓަލިޖެންސްގެ އެހީގައި ބަލައި ކެންސަރު ހުރި ހިސާބާއި ފުން މިން ދެނެގަނެފައިވެއެވެ.

ގީތާގެ މި އުފެއްދުން މިހާރު އިންޑިއާގެ ބެންގަލޫރުގެ ބީއެމްއެސް ހޮސްޕިޓަލާއި ކަރްނާޓަކާގެ ކެންސާ ސޮސައިޓީގައި ބޭނުން ކުރެއެވެ. މީގެ އިތުރުން މި އާލާތް ޔޫރަޕާއި އެމެރިކާގައި ބޭނުން ކުރުމުގެ ހުއްދަ މިހާރު ލިބިފައި ވާ އިރު ލަސްތަކެއް ނުވެ އެ ސަރަހައްދުތަކުގައި ބޭނުން ކުރަން ފަށާނެ ކަމަށް ގީތާ ވަނީ ބުނެފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ