logoEN
cocacola
ގޮއިދޫ ސްކޫލުގެ އެކްސްޓެންޝަން މަސައްކަތް ބަޔަކާއި ހަވާލުކޮށްފި

ގޮއިދޫ ސްކޫލުގެ އެކްސްޓެންޝަން މަސައްކަތް ބަޔަކާއި ހަވާލުކޮށްފި

ޝައުފާ އިސްމާއިލް

logo

11/24/2022, 8:04:56 PM

FiVANIrUYAAbf87

ށ.ގޮއިދޫ ސްކޫލުގެ އެކްސްޓެންޝަން މަސައްކަތް ބަޔަކާ ހަވާލުކޮށްފިއެވެ.

ގޮސިޔާ

މިމަސައްކަތް ހަވާލުކޮށްފައިވަނީ އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއާއެވެ. މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ސޮއިކުރެއްވީ ސީނިއަރ ޕޮލިސީ ޑިރެކްޓަރ ނައުޝާދު އިބްރާހީމްއެވެ. އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ އަމީން މުހައްމަދުއެވެ.

View post on Twitter

މިއީ ސަރުކާރުގެ 2021ވަނަ އަހަރުގެ ޕީއެސްއައިޕީ ޕްރޮޖެކްޓްގެ ތެރެއިން ހިމަނާފައިވާ މަސައްކަތެކެވެ. މި މަސައްކަތުގެ ތެރެއިން އެސްކޫލުގައި 8 ކްލާސްރޫމް އިމާރާތްކުރުމަށް ވަނީ ހަމަޖެހިފައި އެވެ.

12މިލިއަނަށްވުރެ ގިނަ ރުފިޔާގެ މި މަޝްރޫއުގެ މަސައްކަތް ނިންމުމަށް ހަވާލުކޮށްފައިވަނީ އެއް އަހަރުގެ މުއްދަތެކެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ