logoEN
cocacola
ރާއްޖޭގައި ދިރިއުޅޭ އެންމެނަށް ވެކްސިން ޖަހައިދޭނީ މުޅިން ހިލޭ - ރައީސް

ރާއްޖޭގައި ދިރިއުޅޭ އެންމެނަށް ވެކްސިން ޖަހައިދޭނީ މުޅިން ހިލޭ - ރައީސް

އަހުމަދު ޝުރާއު

logo

2/4/2021, 9:19:55 AM

EtWuMAKVcAEuO8u

ރާއްޖޭގައި ދިރިއުޅޭ އެންމެނަށް ކޮވިޑް ވެކްސިން ޖަހައިދޭނީ މުޅިން ހިލޭ ކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ގޮސިޔާ

އެމަނިކުފާނު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ 2021 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަމުންނެވެ. ރައީސް ވިދާޅުވި ގޮތުގައި ދުނިޔޭގެ އެކި ޤައުމުތަކުގައި ކޯވިޑް-19 ފެތުރެން ފެށުމާއެކު، ސަރުކާރުގެ އެންމެ އިސް ސިޔާސަތަކަށް ހަދާފައިވަނީ، ދިވެހިންނާއި ރާއްޖޭގައި ދިރިއުޅޭ ހުރިހާ ފަރާތްތަށް މިބަލިން ރައްކާތެރިކުރުމަށް ކަމަށާއި ކުރިއަރާފައިވާ ޤައުމުތަކުން، ކޯވިޑް-19އަށް ވެކްސިނެއް އުފެއްދުމުގެ މަސައްކަތް ފެށުމާއެކު، ރާއްޖެއަށް ބޭނުންވާ ވަރަށް ވެކްސިން ހޯދުމުގެ މަސައްކަތް ސަރުކާރުން ފެށި ކަމަށެވެ.

އަދި މިއަދާއި ހަމައަށް ކުރެވުނު މަސައްކަތުން ރާއްޖެއަށް ބޭނުންވާ ވަރަށް ވެކްސިން ލިބޭނެކަން ކަށަވަރު ކުރެވިފައިވާ ކަން ރައީސް ވަނީ އިއުލާން ކުރައްވާފައިއެވެ. ހަމައެއާއި އެެކު އެންމެހައި ދިވެހިންނަށާއި، ރާއްޖޭގައި ދިރިއުޅޭ އެންމެނަށް، ކޮވިޑް ވެކްސިން ޖަހައިދޭނީ މުޅިން ހިލޭ ކަންވެސް ރައީސް ވަނީ އިއުލާން ކުރައްވާފައިއެވެ.

ކޯވިޑްގެ ދަތިތަކަށް ފަހު، ވިޔަފާރިތައް އަލުން ހިނގައިގަނެ ސްކޫލް މަދަރުސާތަކުގެ ކިޔެވުން ދާއިމީ ގޮތެއްގައި ފެށޭނީ އަދި ޢާންމު އުޞޫލުން ދަތުރުފަތުރުތައް ފެށޭނީވެސް، ރާއްޖޭގެ ވީހާ ގިނަ ބަޔަކު، ވެކްސިން ޖަހައި، މިބައްޔާ ދެކޮޅަށް ރައްކާތެރިކަން ހޯދައިގެން ކަން ރައީސް ވިދާޅުވިއެވެ. އެހެންކަމުން މި ފުރުޞަތުގެ ބޭނުން ހިއްޕަވައި، ހުރިހާ ބޭފުޅުންވެސް ވެކްސިން ޖެއްސެވުމަށް ރައީސް ވަނީ އިލްތިމާސްކުރައްވައިފައިއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ