logoEN
cocacola
ކޮވިޝީލްޑް ސްވިޒަލޭންޑުގައި ބޭނުން ކުރަން ހުއްދަ ނުދޭން ނިންމައިފި

ކޮވިޝީލްޑް ސްވިޒަލޭންޑުގައި ބޭނުން ކުރަން ހުއްދަ ނުދޭން ނިންމައިފި

އަހުމަދު ޝުރާއު

logo

2/4/2021, 8:18:06 AM

newFile-10

އޮކްސްފޯޑުގެ އެސްޓްރާޒެނެކާއިން ތަރައްގީކުރި ކޮވިޝީލްޑް ވެކްސިން ސްވިޒަލޭންޑުގައި ބޭނުން ކުރަން ހުއްދަ ނުދޭން އެޤައުމުގެ ކަމާބެހޭ ފަރާތްތަކުން ނިންމައިފިއެވެ.

ގޮސިޔާ

މިއާއި އެކު ސްވިޒަލޭންޑްވެފައި ވަނީ ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން ކޮވިޝީލްޑް ވެކްސިންއަށް ހުއްދަ ނުދިން ފުރަތަމަ ގައުމަށެވެ. މީޑިއާ ރިޕޯޓްތަށް ބުނާގޮތުގައި އެޤައުމުން މިގޮތަށް ނިންމާފައި ވަނީ އެ ވެކްސިންއާއި ގުޅޭގޮތުން އިތުރު ދިރާސާތައް ހަދަން ބޭނުން ކަމަށް ބުނެއެވެ. އަދި އެ ވެކްސިންއަށް މިހާރު ހުރި ޑާޓާތަކަށް ބަލާއިރު، އެއީ ހުއްދަ ދޭން ރަނގަޅު ވެކްސިންއެއް ކަމަށް ނުފެންނަ ކަމަށް ނޮން-އީޔޫ ގައުމުތަކަށް ހާއްސަ މެޑިސިންސް އޮތޯރިޓީ ކަމުގައިވާ ސްވިސް މެޑިކްއިން ވަނީ ބުނެފައި އެވެ.

ކޮވިޝީލްޑްއަކީ އޮކްސްފޯޑް އާއި އެސްޓްރާޒެނެކާ ގުޅިގެން އުފައްދާފައިވާ ވެކްސިންއަށް ކިޔާ އާއްމު ނަމެވެ. މިވެކްސިނަކީ އޮކްސްފޯޑުގެ އެސްޓްރާޒެނެކާއިން ތަރައްގީކޮށް، އިންޑިއާގެ ސީރަމް އިންސްޓިއުޓުން އުފައްދާފައިވާ ވެކްސިނެކެވެ.

ކޮވިޝިލްޑް ވެކްސިން ރާއްޖޭގައިވެސް މިވަނީ ދޭންފަށާފައިއެވެ. ރާއްޖެއަށް ވެކްސިން ހަދިޔާކޮށްފައިވަނީ އިންޑިއާއިންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ