logoEN
cocacola
50 ރުފިޔާގެ އައު ނޫޓު އަންނަމަހު ބޭނުންކުރަން ފަށަނީ

50 ރުފިޔާގެ އައު ނޫޓު އަންނަމަހު ބޭނުންކުރަން ފަށަނީ

އަލްފާ އަލީ

logo

11/24/2022, 10:19:59 AM

50 rufiya | 50 ރުފިޔާ

ދިވެހި ރުފިޔާގެ ނިޝާނާއެކު ޗާޕްކޮށްފައިވާ 50 ރުފިޔާގެ އައު ނޫޓު އަންނަ މަހުން ފެށިގެން ބޭނުންކުރަން ނިންމާފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހާމަކޮށްފި އެވެ.

ގޮސިޔާ

އައު 50 ރުފިޔާގެ ނޫޓުގެ ދެފުށުގައި، ދިވެހި ރުފިޔާގެ ނިޝާން ހިމަނާފައިވެއެވެ. މިގޮތަށް ދިވެހި ރުފިޔާގެ ނިޝާން ހިމަނާފައިވާނީ ހިމަނާފައިވާނީ ނޫޓުގެ މޫނުމަތީގެ ވައާތް ފަރާތުން މަތީގައިވާ، މޫނުމަތީ އަގާއެކު އަދި ނޫޓުގެ ފަހަތުގެ ކަނާއަތް ފަރާތުން މަތީގައިވާ މޫނު މަތީ އަގާއެކުއެވެ.

މި ނޫޓުގައި އެމްއެމްއޭގެ ގަވަނަރު އަލީ ހާޝިމް ސޮއިކޮށްފައިވާއިރު މި ނޫޓުގައިވާ ތާރީޙަކީ 8 ސެޕްޓެމްބަރ 2022، 12 ސަފަރު 1444 އެވެ.

އެމްއެމްއޭއިން ބުނީ، އަލަށް ޗާޕުކޮށްގެން ނެރޭ 50 ރުފިޔާގެ ނޫޓާއެކު މިހާރު ދައުރުވަމުންދާ 50 ރުފިޔާގެ ނޫޓުވެސް ދައުރުވަމުންދާނެ ކަމަށެވެ.

ދިވެހި ރުފިޔާގައި ބޭނުންކުރާނެ ނިޝާނެއް އެމްއެމްއޭއިން ކަނޑައަޅާފައިވަނީ މިދިޔަ ޖުލައިމަހުގެ ތެރޭގައެވެ. މިއީ މި ނިޝާން ކަނޑައެޅުމަށްފަހު ފައިސާގެ ނޫޓެއްގައި ބޭނުންކުރެވޭ ފުރަތަމަ ފަހަރުވެސްމެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ