logoEN
ކޮކާކޯލާ
މިއަހަރުގެ ރިޔާސީ ބަޔާން އިއްވުން މާދަމާ ހެނދުނު

މިއަހަރުގެ ރިޔާސީ ބަޔާން އިއްވުން މާދަމާ ހެނދުނު

އަހުމަދު ޝުރާއު

logo

2/3/2021, 10:04:12 PM

thumb_167887_428053b3-0_

2021 ވަނަ އަހަރުގެ މަޖިލީސް ހުޅުވުމުގެ ރަސްމިއްޔާތު މާދަމާ ހެނދުނު 09:00 ގައި އޮންނާނެއެވެ. ގާނޫނުއަސާސީގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލިހުގެ ފުރަތަމަ ޖަލްސާގައި ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ރިޔާސީ ބަޔާން އިއްވުންވެސް އޮންނާނެއެވެ.

އަބުޅޯ

މާދަމާގެ ޖަލްސާގައި ރައީސް ސޯލިހް އިއްވާ ރިޔާސީ ބަޔާނަކީ އެމަނިކުފާނުގެ ތިންވަނަ ރިޔާސީ ބަޔާނެވެ. މާދަމާގެ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގައިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް އާއި ހަވާލާދީ ރާއްޖޭގެ ބައެއް ނޫސްތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި މާދަމާގެ ރައީސް ސޯލިހު ދެއްވާ ރިޔާސީ ބަޔާން ވެގެން ދާނީ ދިވެހި ރައްޔިތުންނަށް އުންމީދު އާ ކޮށްދެއްވާ އަދި އާ އުންމީދުތަކެއް ގެނެސް ދެއްވާނެ ފުރިހަމަ ރިޔާސީ ބަޔާނެއް ކަމަށެވެ. އަދި ހަމައެއާއި އެކު ރައީސްގެ ބަޔާނުގައި، ގައުމުގެ ހާލަތު އޮތް ގޮތް ރައްޔިތުންނަށް ވިދާޅުވާނީ އަދަދުތަކުން ކަމަށްވެސް މަބްރޫކް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ކޮވިޑުގެ އުނދަގޫ ހާލަތުގައި އަހަރެއް ނިމިގެން ދިޔަ ގޮތާއި މިފަދަ އަހަރެއްގެ ތެރޭގައިއާއި އޭގެ ފަހުން ފަށާ އާ އަހަރެއްގައި ރާއްޖޭގެ އިގްތިސޯދު ބައްޓަން ކުރައްވާ ގޮތުގެ ސާފު ތަސައްވުރެ ދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ސޯލިހްގެ ވޭތުވެދިޔަ އަހަރުގެ ރިޔާސީ ބަޔާން ކުރިޔަށް ގެންދެވުނު އިރުވެސް އިދިކޮޅު ކޯލިޝަނުން ވަނީ މަޖިލިސް ތެރޭ ހިނމޭން އިހުތިޖާޖެއް ކުރިޔަށް ގެންގޮސްފައެވެ. އެހެން ކަމުން މިއަހަރުވެސް އިދިކޮޅުގެ ހަރަކާތެއް މަޖިލީސް ތެރެއިން ފެނުމަކީ ގާތްކެމެކެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ