logoEN
cocacola
ލަންކާއިން ގިނަ އަދަދެއްގެ ކެރެލާ ކެނެބިސް އަތުލައިގެންފި

ލަންކާއިން ގިނަ އަދަދެއްގެ ކެރެލާ ކެނެބިސް އަތުލައިގެންފި

އަހުމަދު ޝުރާއު

logo

11/23/2022, 6:08:00 PM

SLN KG-706771

ސްރީލަންކާގެ މަންނާރުގެ ނަޗްޗިކުޑާގައި އިއްޔެ ހިންގި އޮޕަރޭޝަނެއްގައި 24 ކިލޯއަށް ވުރެ ގިނަ ކެރެލާ ކެނަބިސް އުފުލާ ލޮރީއެއް ހިފަހައްޓައި 02 މީހަކު ހައްޔަރުކޮށްފި އެވެ.

ގޮސިޔާ

ނޯތު ސެންޓްރަލް ނޭވަލް ކޮމާންޑްގެ އެސްއެލްއެންއެސް ބުވަނޭކާ އިން ހިންގި މި ކޯޑިނޭޓެޑް ސާޗް އޮޕަރޭޝަނަކީ އިއްޔެ (22) ހެނދުނު ނަޗްޗިކުޑާ ސަރަހައްދުގައި އިލުއްޕުކަޑަވައި ފުލުހުންގެ އެހީތެރިކަމާއެކު ކުރިއަށް ގެންދިޔަ އޮޕަރޭޝަނެކެވެ.

މި އޮޕަރޭޝަންގައި ވެލަންކުލަމް ރޯޑްބްލޮކްގައި ހުރި ޝައްކުކުރެވޭ ލޮރީއެއް ބަލައި ފާސްކުރިއިރު ލޮރީއިން 24 ކިލޯ އާއި 200 ގްރާމްގެ ކެރެލާ ކެނަބިސް ހުރި 12 ޕެކޭޖެއް ފެނިފައިވެއެވެ.

އެގޮތުން ލޮރީއާއި ކެރެލާ ކެނަބިސްގެ ޝިޕްމަންޓާއި މި ހާދިސާއާ ގުޅިގެން ތުހުމަތު ކުރެވޭ 02 މީހަކު ވަނީ ހިފަހައްޓާފައެވެ.

މި އޮޕަރޭޝަންގައި ހުރި ކެރެލާ ކެނަބިސްގެ ސްޓޮކްގެ ގްރޮސް ސްޓްރީޓް ވެލިއު ހަތް މިލިއަނަށް ވުރެ މައްޗަށް އަރާނެ ކަމަށް ބެލެވެ އެވެ.

ހައްޔަރުކުރި ދެމީހުންނަކީ އުމުރުން 37 އަހަރާއި 45 އަހަރުގެ ވަވުނިއްޔާއަށް ނިސްބަތްވާ މީހުންނެވެ.

ކެރެލާ ކެނަބިސް އާއި ލޮރީއާ އެކު ދައުވާ ލިބޭ މީހުން ވަނީ ގާނޫނީ ފިޔަވަޅު އެޅުމަށް އިލުއްޕުކަޑަވައި ފުލުހުންނާ ހަވާލުކޮށްފަ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ