logoEN
cocacola
ދަރިވަރަކަށް އަނިޔާކުރި ޓީޗަރަކު ސަސްޕެންޑްކޮށްފި

ދަރިވަރަކަށް އަނިޔާކުރި ޓީޗަރަކު ސަސްޕެންޑްކޮށްފި

އަހުމަދު ޝުރާއު

logo

11/23/2022, 6:02:02 PM

060209-186508278 4097062173688147 3701897571798702883 n

މ. މުލީގެ ސްކޫލުގައި ދަރިވަރަކަށް އަނިޔާކޮށްގެން އެ ސްކޫލްގައި މަސައްކަތް ކުރާ އިންޑިއާ ޓީޗަރަކު ސަސްޕެންޑްކޮށްފި އެވެ.

ގޮސިޔާ

އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްޓްރީ އަހުމަދު އަލީއާއި ހަވާލާދީ ރާއްޖޭގެ ނޫހެއް ކަމަށްވާ " ވަގުތު " ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި ދަރިވަރަކަށް އަނިޔާކުރީ މުލީ ސްކޫލުގައި ކިޔަވައިދޭ ފިޒިކްސް ޓީޗަރެކެވެ. އަދި އެކަން މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވަނީ ރޭގެ ވަގުތެއްގައި ކަމަށް އަހުމަދު ވިދާޅުވިއެވެ.

މިއާއި އެކު މައްސަލަ ބަލައި ނިމެންދެން އެ ޓީޗަރު ވަނީ ސަސްޕެންޑްކޮށްފައިއެވެ.

ފުލުހުން ވިދާޅުވީ 14 އަހަރުގެ ފިރިހެން ކުއްޖެއްގެ ގައިގައި ޖަހާ މާރާމާރި ހިންގި މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އެ މައްސަލަައާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. ނަމަވެސް އެ މައްސަލައިގައި މީހަކު ހައްޔަރު ނުކުރާކަން ފުލުހުން ކަށަވަރު ކޮށްދެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ