ގދ ތިނަދޫއަށް ޚާއްސަ ހުއްދައިގެ ދަށުން ދިޔަ ދެމީހުން ފައްސިވެފައިވާއިރު އެދެމީހުންނާއި ގިނަ ބަޔަކު ކޮންޓެކްޓް ވެފައިވާކަން ހާމަވެއްޖެ އެވެ.
" ގާފު " އޮންލައިންއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފައްސި ވެފައިވަނީ ޖެންޑަރ މިނިސްޓްރީ އިން ތިނަދޫއަށް ފޮނުވި ދެމީހެކެވެ.
ތިނަދޫ ކައުންސިލްގެ ރައީސް އަލީ އަމްޖަދު " ގާފު " އޮންލައިންއަށް މައުލޫމާތު ދެއްވަމުން ވިދާޅުވިގޮތުގައި މި ދެމީހުންނަކީ ޖެންޑަރ މިނިސްޓްރީއިން ބަލަމުން އަންނަ މައްސަލައަކާއި ގުޅިގެން އެރަށް ދިޔަ ދެމީހެކެވެ. އަދި މި ދެމީހުންނާއި ގިނަ ބަޔަކާއި ކޮންޓެކްޓް ވެފައިވާ ކަމަށްވެސް އަމްޖަދު ވަނީ ގާފު އަށް ކަށަވަރުކޮށްދީފައިއެވެ. އަމްޖަދު އިތުރަށް ވިދާޅުވިގޮތުގައި މި ދެމީހުންނާއި ގިނަ ބަޔަކާއި ދިމާވެފައިވަނީ ބަލަން ދިޔަ މައްސަލައިގައި ބަޔާންތަށް ނެގުމަށާއި މައުލޫމާތު އެއްކުރުމުގެ ތެރޭގައި ކަމަށެވެ.
ޚާއްސަ ހުއްދައިގެ ދަށުން ތިނަދޫއަށް ދަތުރުކުރި ދެމީހުން ކޮވިޑަށް ފައްސިވެފައިވާކަން އިނގުނީ އެދެމީހުން ދަތުރު ނިންމާލުމަށްފަހު މާލެ ދިޔަފަހުން މިއަދު އެވެ. މިއާއި އެކު ތިނަދޫ ވަނީ މިހާރު މޮނީޓަރިންގ ގެ ހާލަތަށް ގެނެވިފައިއެވެ. އަދި ކޮންޓެކްޓް ޓްރޭސިންގ ގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިޔަށް ދާކަމަށް ތިނަދޫ ކައުންސިލުން މައުލޫމާތު ދެއެވެ.
2 Responses
ޙާއްސަ ހުއްދާގެ ދަށުން ތިނަދޫއަށް ކޮވިޑް ފެތުރުމުގެ މިޝަން ކާމިޔާބު ވެއްޖެ
ދެރަ ކަމެެެއްނު !!!