ގދ. ތިނަދުއަށް ދިޔަ ޖެންޑާ މިނިސްޓްރީގެ ދެ މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން އެރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފި އެވެ.
ތިނަދޫއަށް ދިޔަ ޖެންޑާރ މިނިސްޓްރީގެ ދެ މުވައްޒަފުންނަކީ، އެޗްޕީއޭއިން ދޫކުރާ ޚާއްސަ ހުއްދައިގެ ދަށުން ތިނަދޫއަށް ދިޔަ ދެ މުވައްޒަފުންނެވެ.
އެ މީހުން ކޮވިޑް-19 އަށް ފައްސިވެފައި ވަނީ އެނބުރި އައި ފަހުން ކަމަށްވެސް މައުލޫމާތު ލިބެއެވެ.
ތިނަދޫ މޮނީޓަރިން އަށް ލާފައިވަނީ ބަލި އޮތްތޯބަލައި، ކޮންޓެކްޓް ޓްރޭސިން ހެދުމަށެވެ. މި ހާލަތުގައި އެރަށަށް އަރައިފޭބުން މަނާވާނެއެވެ.
Post Views: 250