logoEN
cocacola
ވަރުގަދަ ޓީރެކްސް ބަލިކޮށް ޑީއެފްސީ ފައިނަލަށް!

ވަރުގަދަ ޓީރެކްސް ބަލިކޮށް ޑީއެފްސީ ފައިނަލަށް!

އަހުމަދު ޝުރާއު

logo

11/21/2022, 10:39:09 PM

AMN_4533

ހަރެހެރި ފުޓްސަލް މުބާރާތުގެ ސެމީ ފައިނަލްގައި ޓީރެކްސް ބަލިކޮށް ޑީއެފްސީ ފައިނަލްގެ ފަހު ޖާގަ ކަށަވަރުކޮށްފި އެވެ.

ގޮސިޔާ

މިރޭ ތިނަދޫ އާރު އަވަށު ދަނޑުގައި ކުޅުނު ސެމީގެ ފަހު މެޗު ޑީއެފްސީއިން ކާމިޔާބުކުރީ 6-5 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ހާފު ފެށިގެން ދެޓީމުގެ ފަރާތުންވެސް ފެނިގެން ދިޔައީ އެޓޭކިންގ ގޭމެކެވެ. އެގޮތުން ދެޓީމުންވެސް ގޯލު ކާމިޔާބުކުރުމަށް ފުރުސަތު ތަނަވަސްކުރަމުން ދިޔައީ ކައުންޓާއެޓޭކުގެ ބޭނުން ހިފައިގެންނެވެ. މެޗުގެ 10 ވަނަ މިނެޓުގައި މެޗުގެ ފުރަތަމަ ގޯލް ޓީރެކްސްއަށް ކާމިޔާބުކޮށްދިނީ އެޓީމުގެ (ޖ.11) އިސްމާއިލް ވަޖީހު { ވައްޖެ } އެވެ. އެގޯލަށް ފަހު ނަތީޖާ ހަމަހަމަކުރުމަށް ޑީއެފްސީއިން ވަނީ ގިނަ ޝޮޓްތަކެއް ޓީރެކްސްގެ ގޯލަށް އަމާޒުކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މެޗު ނިމެން 5 މިނިޓަށް ވެފައި ވަނިކޮށް ޑީއެފްސީގެ (ޖ.9) މުހައްމަދު ނާއިލްގެ އެސިސްޓަކުން (ޖ.14) ހުސެއިން ރަޝީދު ވަނީ ޑީއެފްސީގެ ފުރަތަމަ ގޯލް ކާމިޔާބުކޮށް މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ.

ފުރަތަމަ ހާފުގެ ފަހު 5 މިނެޓުގެ ތެރޭގައި ދެޓީމުންވެސް ފެނިގެން ދިޔައީ ވަރަށް އަވަސް ކުޅުމެކެވެ. ޑީއެފްސީގެ ގޯލަށް ދެމިނެޓު ނުވަނީސް ޓީރެކްސް ފުރަތަމަ ގޯލްވެސް ކާމިޔާބުކޮށްދިން ވައްޖެ ވަނީ އިތުރު ގޯލެއް ކާމިޔާބުކޮށް ޓީރެކްސްއަށް އަލުން ލީޑް ހޯދަދީފައެވެ. އަދި ހަމަ އެމިނެޓުގައި (ޖ.10) ނަޝާހު އަހުމަދު { ނައްޓު } ވަނީ އިތުރު ގޯލެއް ކާމިޔާބުކޮށްދީ ޓީރެކްސްގެ ލީޑް ފުޅާކޮށްދީފައެވެ. މެޗުގެ ފަހު މިނެޓުގައި ޑީއެފްސީގެ (ޖ.22) ހަސަން ރަޝީދު ވަނީ ގޯލެއް ކާމިޔާބުކޮށް ފަރަގު ކުޑަކޮށްފައެވެ. އަދި ހާފުގެ ފަހު ވަގުތުގައި ޑީއެފްސީގެ ނާއިލް ވަނީ ގޯލެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެން ދިޔައީ 3-3 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެގެންނެވެ.

ދެވަނަ ހާފު ފެށިގެން މެޗު ބޮޑަށް ޑޮމިނޭޓްކުރީ ޑީއެފްސީއިންނެވެ. އެގޮތުން މެޗުގެ ލީޑް ހޯދުމަށް ފަހި ފުރުސަތުތަކެއް ވަނީ އެޓީމަށް ލިބިގެންގޮސްފައެވެ. ނަމަވެސް ލިބުނު ކައުންޓާރ އެޓޭކެއްގައި ހާފުގެ 10 ވަނަ މިނެޓުގައި ވައްޖެގެ އެސިސްޓަކުން ނައްޓު ވަނީ ޓީރެކްސްއަށް ގޯލެއް ކާމިޔާބުކޮށްދީ އެޓީމަށް ލީޑް ހޯދައިދީފައެވެ. އެގޯލަށް މާގިނަ އިރުތަކެއް ނުވެ ނާއިލް ވަނީ މެޗުގައި އޭނާގެ ދެވަނަ ގޯލް ކާމިޔާބުކޮށް އަނެއްކާވެސް ނަތީޖާ ހަމަހަމަކޮށްފައެވެ. މެޗުގެ ދެވަނަ ހާފުގެ ފަހު ވަގުތުވެސް ދެޓީމުން ކުޅުނީ އަވަސް ކުޅުމެކެވެ. މެޗު ނިމެން 5 މިނެޓަށް ވެފައި ވަނިކޮށް ވައްޖެގެ އިތުރު ގޯލަކުން ޓީރެކްސްއަށް ލީޑު ލިބުނު ނަމަވެސް ނާއިލް ވަނީ ޑީއެފްސީއަށް ގޯލެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މެޗު ނިމެން 2 މިނެޓަށް ވެފައި ވަނިކޮށް ޑީއެފްސީގެ ހަސަން ރަޝީދުގެ ގޯލަކުން ޑީއެފްސީއަށް މެޗުގެ ލީޑް ލިބިގެން ދިޔައެވެ. މެޗު ނިމިގެން ދިޔައީ 6-5 ގެ ނަތީޖާއަކުން ޑީއެފްސީ ކުރީގަ އޮވެއެވެ.

މިމެޗުގެ ކިންގ އޮފްދަ މެޗަކަށް ހޮވިފައިވަނީ ޑީއެފްސީއަށް މިމެޗުގައި ހެޓްރިކް ހަދައިދިން މުހައްމަދު ނާއިލް އެވެ.

ފައިނަލްގައި ޑީއެފްސީ ވާދަކުރާނީ އޭއެސްއެމްއެޗް އާރްސީއާއި އެވެ.

14 ޓީމަކުން ބައިވެރިވި މި މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ 4 ގްރޫޕަކަށް ބަހާލައިގެން، ގްރޫޕް ސްޓޭޖުން ކުރި ހޯދާ ދެޓީމް ނޮކްއައުޓް މެޗުތައް ކުޅޭ ގޮތަށެވެ. މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ގާފު އޮންލައިން އެވެ. މުބާރާތުގެ ޕްލެޓިނަމް ސްޕޮންސަރަކީ އެސްޓީއޯއެވެ. އަދި ބެވަރޭޖަސް ޕާޓްނަރަކީ ޒިމަމަން ރެސްޓޯރެންޓެވެ. އަދި ބްރޭންޑިންގ ޕާޓްނަރަކީ ރާޅު އާޓްސް އެންޑް ޑިޒައިން އެވެ. ސްކޯއަޕްޑޭޓް ޕާޓްނަރަކީ ބޯޅަ އެމްވީ އެވެ. ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސާފައިވާއިރު ޓްރެއިނިންގ ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ