logoEN
cocacola
ކަނޑުހުޅުދޫގެ ކުޑަ ކަތީބު، ބަފައިބެގެ ގޯއްޗަށް ބިން އިތުރުކޮށްދިނީ ގަވައިދާ ހިލާފަށް - ސުޕްރީމްކޯޓު

ކަނޑުހުޅުދޫގެ ކުޑަ ކަތީބު، ބަފައިބެގެ ގޯއްޗަށް ބިން އިތުރުކޮށްދިނީ ގަވައިދާ ހިލާފަށް - ސުޕްރީމްކޯޓު

ހުސެއިން

logo

2/2/2021, 2:46:51 PM

kanduhulhudhooo

ގއ. ކަނޑުހުޅުދޫ އޮފީހުގެ ކުޑަ ކަތީބު ކަމުގެ މަގާމުގައި 2007 ވަނަ އަހަރު ހުރެ މުސްތަފާ ހުސެއިން، އޭނާގެ ބަފައިބެގެ ގޯއްޗަށް ބިން އިތުރުކޮށްދިން މައްސަލައިގައި އޭނާ ވަނީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އެހެން ފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދީފައިވާކަމަށް ހައިކޯޓުން ކުރި ހުކުމަށް ސުޕްރީމް ކޯޓުންވެސް ތާއީދު ކޮށްފިއެވެ.

ގޮސިޔާ

ގއ.ކަނޑުހުޅުދޫ މެޖިސްޓްރޭޓް ކޯޓުންބެލި އެމައްސަލަ އެ ކޯޓުން މުސްތަފާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ހުކުމް ކުުރުމުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. އަދި އެ މައްސަލަ ބަލައި ދަށުކޯޓުގެ ހުކުމަަށް ތާއީދުކޮށް ހައިކޯޓުންވެސް ހުކުމް ކުރީ އެނާ ކުށްވެރިވާ ކަމަށެވެ. މުސްތަފާ ސްޕްރީމްކޯޓުގައި އެ މައްސަލަ އިސްތިއުނާފު ކުރުމުން މައްސަލަ ބަލައި އެކޯޓުން އިއްޔެ ކުރި ހުކުމްގައި ވަނީ މުސްތަފާ ކުށްވެރިވާކަމަށް ހައިިކޯޓުން ކޮށްފައިވާ ހުކުމަށް ބަދަލު ގެންނަން ޖެހޭ ތަނެއް ނެތް ކަމަށެވެ.

މުސްތަފާގެ ބަފައިބެ މުހައްމަދު ނާސިރުގެ ގޯތި ކަމަށްވާ ކަނޑުހުޅުދޫ ޔުނިކޯ ގޯތީގެ ރަޖިސްޓްރީ ހެދުމަށްޓަކައި ރަށު އޮފީހަށް ހުށަހެޅުމުން މުސްތަފާ ސޮއިކޮށް، އަތޮޅު އޮފީހަށް ހުށަހެޅިއިރު، މުހައްމަދު ނާސިރަށް އެ ގޯތި ދޫކުރިއިރު، ހުރި 5000 އަކަ ފޫޓުގެ ބަދަލުގައި 7743.45 އަކަފޫޓަށް އިތުރުކޮށްފައިވެއެވެ.

އޭރު ކަނޑުހުޅުދޫ އޮފީސް ހިންގެވުމާ ހަވާލުވެ ހުންނަވައިގެން، އެކަން އެގޮތަށް ވެފައިވާ ކަން އެނގިހުރެ އަތޮޅު އޮފީހަށް އެކަން ނޭންގި މައްސަލައިގައި މުސްތަފާގެ މައްޗަށް އުފުލާފައި ވަނި ކޮރަޕްޝަން ހުއްޓުވުމާއި މަނާ ކުރުުގެ ގާނޫނުގެ ދަށުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އެހެން ފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދައި ދިނުމުގެ ކުށުގެ ދައުވާއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ