
Screenshot 2021-02-02 at 12.41.53
ދުނިޔޭގެ އެންމެ ވަރުގަދަ އަދި އެންމެ މަޤުބޫލު ޓްރެވަލް ޕްލެޓްފޯމް، ޓްރިޕް އެޑްވައިޒާގައި ދިވެހިރާއްޖެ މާކެޓްކޮށް އިސްތިހާރުކުރުމުގެ ކެމްޕެއިންއެއް ފަށައިފިއެވެ.

އެމްއެމްޕީއާރްސީއިން މި ކެމްޕެއިންއަށް ދީފައިވާ ނަމަކީ "އެސްކޭޕް ޓު މޯލްޑިވްސް: ކާމް އެވެއިޓްސް" އެވެ. މި ކެމްޕޭނަކީ ކޮވިޑް-19ގެ ހާލަތާއެކު ވެސް ރާއްޖެއަކީ ރައްކާތެރި މަންޒިލެއްގެ ގޮތުގައި އިޝްތިހާރުކޮށް މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ކުރިއަށްދާ ކެމްޕެއިންއެކެވެ.
މި ކެމްޕޭނގައި ރާއްޖޭގައި ކުރެވޭނެ ތަޖުރިބާތަކާއި ޓޫރިސްތުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކާ ގުޅޭ މައުލޫމާތު ވެސް ފޯރުކޮށްދޭނެ އެވެ.
ޓްރިޕް އެޑްވައިޒާއަކީ ދުނިޔެގައި ދުނިޔޭގެ ހުރިހާ ޓޫރިސްޓު މަންޒިލްތައް އެއްތަނަކުން ބަލައިލެވޭ ޕްލެޓްފޯމެކެވެ. މި ޕްލެޓްފޯމުން ފަތުރުވެރިންގެ ޒިޔާރަތްކުރާ ތަންތަން ރޭޓްކުރި ގޮތާއި އެ މީހުންގެ ކޮމެންޓުތައް ބަލައިލެވޭނެ އެވެ. މިއާއި އެކު ޓްރިޕް އެޑްވައިޒާ ވެގެން ގޮސްފައިވަނީ ރޭޓިންގ އަށް ބަލާ ފަތުރުވެރިންގެ ހާއްސަ ޕްލެޓްފޯމަކަށެވެ.
ޓްރިޕް އެޑަވައިޒާގެ އަސްލު އޯޑީއަންސަކީ ޔޫރަޕަށް ވާއިރު މިވަގުތު ޔޫރަޕްގެ ގިނަ ޤައުމުތަށް އޮތީ ލޮކްޑައުންގައިއެވެ. އެހެން ނަމަވެސް މި ކެމްޕޭނުގެ ސަބަބުން އެ ގައުމުތަކުގައި ތިބި މީހުން، ގައުމު ހުޅުވާލުމުން ރާއްޖެއަށް އައުމަށް ބޭނުންވާނެ ކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.