އިގްތިސާދީ ހާލަތުން އަރައިގަތުމަށް މާލީ އެެހީތެރިކަން ބޭނުން – ރައީސް

ކޯވިޑް-19ގެ ބަލިމަޑުކަމާއެކު ދިވެހިރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކުގެެ އިޤްތިޞާދީ ޙާލަތުން އަރައިގަތުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުގެ މާލީ އަދި ފަންނީ އެހީތެރިކަން ބޭނުންވާ ކަމަށް ރައީސުލްޖުމްހުރިޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެެ އެވެެ.

ތިން ވަނަ ޕެރިސް ޕީސް ފޯރަމް އިފްތިތާޙުކުރުމުގެ ގޮތުން އޮންލައިންކޮށް ބޭއްވި ޚާއްޞަ ޙަފުލާގައި ތަޤުރީރު ކުރައްވަމުން ރައީސް ވަނީ ދިވެެހިރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކުގެ ދިފާޢުގައި ވަކާލާތުކުރައްވާފައެވެ. މި ޙަފުލާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ, ކޯވިޑް-19ގެ ބަލިމަޑުކަމާއެކު ދިވެހިރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކުގެ ޙާލަތާއި އެ ޤައުމުތަކުގެ ކުރިމަގަަށް އޮތް ހުރަސްތައް ވަޒަންވެގެން ގޮސްފައިވާ ކަމުގައެވެ

ރާއްޖޭގެ ބޯޑަރު މިހާރު ހުޅުވައިލާފައިވާކަން ފާހަގަކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ, ދުނިޔޭގެ ވައިގެ ދަތުރުފަތުރުގެ ނިޒާމު މިހާރު އޮތް ޙާލަތާ މެދު ވިސްނާއިރު, ބައިނަލްއަޤްވާމީ މުޖުތަމަޢުގެ އެހީތެރިކަމާ ނުލައި ރާއްޖެ ފަދަ ޤައުމުތަަކަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ޙާލަތުން އަރައިގަންނަން ދަތިވާނެ ކަމުގައެވެ.

ދިވެހި ރައްޔިތުންގެ ޞިއްޙީ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ފަތުރުވެރިކަމަށް ބަރޯސާވެފައިވާ މި ރާއްޖޭގެ ބޯޑަރުތައް ފަތުރުވެރިންނަށް ބަންދުކުރަން ޖެހުނު ކަމުގައި ވީނަމަވެސް ރާއްޖޭޭގެެ ބޯޑަރު ހުޅުވާލެެވިފައިވަނީ މި ބަލި ފެތުރުން ކޮންޓްރޯލް ކުރެވެމުންދާ މިންވަރަށް ބަލުމަށްފަހުގައި ކަމަށްވެެސް ވިދާޅުވިއެވެ.

މިއީ ކުދި ޖަޒީރާ ޤައުމުތަކުގެ ޙާލަތާ މެދު ބައިނަލްއަޤްވާމީ މުޖުތަމަޢުން އިތުރަށް ވިސްނަން ޖެހިފައިވާ ދަނޑިވަޅެއް ކަން ރައީސް ފާހަގަކުރެެއްވިއެވެެ. މި ގޮތުން, ރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކަށް މާލީ ގޮތުންނާއި ފަންނީ ދާއިރާއިން އެހީތެރިކަން ބޭނުންވާ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް