logoEN
cocacola
ކުރީގެ ރައީސް ޔާމީން މިއަދު ފުލުހަށް ހާޒިރުކުރަނީ

ކުރީގެ ރައީސް ޔާމީން މިއަދު ފުލުހަށް ހާޒިރުކުރަނީ

އަހުމަދު ޝުރާއު

logo

2/2/2021, 11:15:42 AM

yameen

މާފުށީ ޖަލުގައި ހުކުމް ތަންފީޒުކުރައްވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު ފުލުސް އޮފީހަށް ހާޒިރުކުރުމަށް ވަނީ ނިންމާފައިއެވެ.

ގޮސިޔާ

ޔާމީން ފުލުހަށް ހާޒިރުކުރުމަށް ނިންމާފައިވަނީ މިއަދު މެންދުރު އެކެއް ޖަހާއިރު ކަމަށް ޔާމީންގެ ވަކީލުންގެ ޓީމުން ވަނީ މައުލޫމާތުދީފައިއެވެ. ވަކީލުންގެ ޓީމުން މައުލޫމާތު ދޭގޮތުގައި ޔާމީން ފުލުހަށް ހާޒިރުކުރަނީ އާ މައްސަލައެއްގެ ތަހުގީގަކަށް ނޫނެވެ.

ޔާމީން ފުލުހަށް ހާޒިރުކުރުމަށް ނިންމާފައިވަނީ ބަޔާނެއްގައި ސޮއިކުރުމަށް ކަމަށް ވަކީލުން ޓީމުން ރޭ ނެރުނު ބަޔާނެއްގައި ވެއެވެ. އެކަމަކު ސޮއިކުރުވަނީ ކޮން މައްސަލައެއްގައި ކަމެއް ވަކީލުން ވިދާޅެއް ނުވެ އެވެ.

ރާއްޖޭގެ ރައީސްކަން 2013 އިން 2018 ވަނަ އަހަރުގެ ނިޔަލަށް ކުރެއްވި ރައީސް ޔާމިންގެ މަށްޗަށް ވަނީ މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ އުފުލައި ޖަލަށް ހުކުމް އިއްވާފައިއެވެ. އަދި ޔާމީން ދަނީ މި ހުކުމް ތަންފީޒްކުރަމުންނެވެ. މީގެ އިތުރުން ޔާމީންގެ މައްޗަށް ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން މަނީ ލޯންޑްރިން އާއި ރިޝްވަތުގެ ދައުވާ އުފުލައި ޝަރީއަތް ކްރިމިނަލް ކޯޓުގައި ކުރިއަށް އެބަގެންދެ އެވެ. އެންމެ ފަހުން ބޭއްވި ޝަރީއަތުގައި އެ ދައުވާތަކަށް ޔާމީން އިންކާރު ކުރެއްވި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ