2020 ވަނަ އަހަރުގެ ފަހު ކުއާޓަރުގައި ދިރާގަށް ސާފު ފައިދާގެ ގޮތުގައި 188.3 މިލިއަން ރުފިޔާ ލިބިއްޖެއެވެ.
ދިރާގުން ނެރުނު ކުއާޓަލީ ރިޕޯޓުގައިވާ ގޮތުގައި ޖުމްލަ އާމްދަނީގެ ގޮތުގައި 621.5 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އެގޮތުން ދިރާގުގެ މޮބައިލް ފޯނުގެ ހިދުމަތުން އާމްދަނީގެ ގޮތުން 366 މިލިއަން ރުފިޔާ ލިބިފައިވާއިރު ފިކްސްޑް ބްރޯޑްބޭންޑާއި އެންޓަޕްރައިސް އިން 241.6 މިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބިފައިވެ އެވެ.
ދިރާގުން މިދިޔަ ކުއާޓަރުގައި ހިންގުމުގެ ޚަރަދުގެ ގޮތުގައި 294.2 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު ބަލަށް 97.9 މިލިއަން ރުފިޔާ ކަނޑާފައިވެސް އެވެ. އަދި ޓެކްސްގެ ގޮތުގައި 33.1 މިލިއަން ރުފިޔާ ދައްކާފައިވެ އެވެ.
2019 ވަނަ އަހަރުގެ ފަހު ކުއާޓަރާ އަޅާބަލާއިރު 2020 ވަނަ އަހަރުގެ ސާފު ފައިދާ 2019 ވަނަ އަހަރުގެ ސާފު ފައިދާއަށް ވުރެ 18 ޕަސެންޓް ދަށް އަދަދެއް ކަމަށް ދިރާގުން ނެރުނު ކުއާޓަލީ ރިޕޯޓުގައިވެއެވެ.