logoEN
cocacola
2020ގެ ފަހު ކުއާޓަރގައި އުރީދޫ އަށް 104 މިލިއަން ރުފިޔާގެ ފައިދާއެއް

2020ގެ ފަހު ކުއާޓަރގައި އުރީދޫ އަށް 104 މިލިއަން ރުފިޔާގެ ފައިދާއެއް

އަހުމަދު ޝުރާއު

logo

2/1/2021, 5:49:55 PM

ooredoo

މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އުރީދޫ މޯލްޑިވްސް އަށް ސާފު ފައިދާގެ ގޮތުގައި 104 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެކުންފުނީގެ މާލީ ހިސާބުތައް ދައްކައިފިއެވެ.

ގޮސިޔާ

އުރީދޫ އިން އާންމުކޮށްފައިވާ އެ ކުންފުނީގެ 2020ގެ ހަތަރުވަނަ ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާގޮތުން ނަމަ އެ މުއްދަތުގައި އެކުންފުންޏަށް މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 158.6 މިލިއަން ރުފިޔާ ލިބުނުއިރު ޖުމްލަ އާމްދަނީގެ ގޮތުގައި 402.7 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

ގަތަރުގެ ކިއުޓެލްގެ މެޖޯރިޓީ ހިއްސާ އޮންނަ އުރީދޫ މޯލްޑިވްސްއަށް މޮބައިލް ފޯނުގެ ހިދުމަތުން 304.8 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މީގެ އިތުރުން ފިކްސްޑް ބްރޯޑްބޭންޑާއި ވިޔަފާރި ކުންފުނިތަކަށް ހިދުމަތްދީގެން 91.7 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. ހަތަރުވަނަ ކުއާޓަރުގައި އުރީދޫ އިން ހިންގުމުގެ ހަރަދަށް 222 މިލިއަން ރުފިޔާ ހޭދަކުރިއެވެ.

އުރީދޫން ޓެކްސްގެ ގޮތުގައި 4.4 މިލިއަން ރުފިޔާ ވަނީ ދައްކާފައި އެވެ.

ކޮވިޑާ ގުޅިގެން ރާއްޖޭގެ ޓޫރިޒަމަށް ދިމާވެފައިވާ ހީނަރުކަމާ ގުޅިގެން، އެ ކުންފުންޏަށް ރޯމިން ހިދުމަތުން ލިބޭ އާމްދަނީއަށް ވަރަށް ބޮޑަށް އަސަރުކޮށްފައިވީ ނަމަވެސް މިދިޔަ ކުއާޓަރުގައި ލިބުނު ސާފު ފައިދާ އޭގެ ކުރީ ކުއާޓަރަށް ވުރެ 26 ޕަސެންޓް މިވަނީ އިތުރު ވެފައިއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ