ހޯނޑެއްދޫ ގެ ފުޓްބޯޅަ އެކަޑެމީއެއް ކަމަށްވާ "ކާއްޑޭ ސްޕޯޓްސް އެކަޑެމީ" ފަށަން ކޯޗިން ޓްރެއިނިންގް ޕްރޮގްރާމެއް ފެށިގެން ކުރިޔަށް އެބަދެއެވެ.
ހޯނޑެއްދޫގައި ކުރިޔަށް ދާ މި ޓްރެއިނިންގ ޕްރޮގްރާމަކީ އެކަޑަމީގެ މަސައްކަތް ރަސްމީކޮށް ފެއްޓުމަށްޓަކައި ބާއްވާ ކޯޗިންގ ޕޫލެއްކަމަށް ކާއްޑޭ ސްޕޯޓްސް އެކަޑަމީއިން މައުލޫމާތު ދެއެވެ.
"ގާފު" އޮންލައިނަށް މައުލޫމާތު ދެއްވަމުން މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ އަދި އެ އެކަޑެމީގެ ޓެކްނިކަލް ޑިރެކްޓަރ އާދަމް ލަރީފް ބުނި ގޮތުގައި ގޮތުގައި އެކަޑެމީގައި އޭއެފްސީ ގެ ބީ ލައިސެންސް ލެވެލްގެ ކޯޗުން ހަރަކާތްރެރިވާނެ ކަމަށެވެ. އަދި ފެންވަރު ރަނގަޅު ގޯލު ކީޕާރ ޓްރެއިނާރއެއް ވެސް މި އެކަޑެމީގައި ހަރަކާތްތެރިވާނެ ކަމަށް ލަރީފް މައުލޫމާތު ދެއެވެ. މި ޕޫލުގެ ގެ މަގްސަދަކީ ކުޅުންތެރިން އަދި ކޯޗުން ފުޓްބޯޅައަށް ޝައިގުވެރިކޮށް ދަނޑުމަތީގެ ދެފަރާތުގެ ގުޅުން ވަރުގަދަކުރުމާއި އެކަޑެމީ ރަސްމީކޮށް ފެށުމަށް ފުރިހަމައަށް ތައްޔާރުވުން ކަމަށާއި މިއީ އަތޮޅު ތެރޭގެ ރަށެއްގައި ކުރާ ކަމަކަށްވެފައި އަމިއްލަ އިސްނެގުމާއިއެކު ކުރާކަމަކަށް ބަލާ މިކަމަކީ ކުރެވޭނެ ވަރުގެ ރަނގަޅުކަމެއް ކަމަށް ލަރީފް ބުންޏެވެ.
ލަރީފް އިތުރަށް ބުނިގޮތުގައި އެކަޑަމީ ފެށުމަށްޓަކައި ބޭނުންވާ ބޯޅަ ފަދަ ސާމާނު މިހާރު ވަނީ ލިިބިފައިއެވެ،
ގދ ހޯނޑެއްދޫ އަށް ނިސްބަތްވާ ކާއްޑޭ ސްޕޯޓްސް އަކީ ފުޓްބޯޅައިގެ އިތުރުން ހޭންޑްބޯލް ފަދަ އެހެނިހެން ކުޅިވަރު ޓްރައިނިންގ ތަށް ކުރިޔަށް ގެންދިޔުމުގެ ހުއްދަ އޮތް ކުލިވަރު ކްލަބެކެވެ. 2020 ގައި ރަޖިސްޓްރީކުރެވި ވުޖޫދަށް އައި ކާއްޑޭ ސްޕޯޓްސްއިން މިހާރު އެންމެ ބޮޑަށް އިސްކަންދީގެން ކުރިއަތް ގެންދަނީ ހަމައެކަނި ފުޓްބޯޅަައިގެ ޓްރެއިނިންގ ޕްރޮގްރާމްތަކެވެ.
މި އެކަޑެމީ ގެ މައިގަނޑު މަގްސަދަކީ ހޯނޑެއްދޫގެ އިން އަޙްލާގު ރަނގަޅު ކުޅުންތެރިންތަކެއް ބިނާކޮށް އެ ކުޅުންތެރިން ރަށު ފެންވަރުގައާއި އަތޮޅު އަދި ގަޢުމީ ފެންވަރުގައި ވާދަކުރެވޭނެ ކުޅުންތެރިންތަކަކަށް ހަދައި އެރަށުގައި ކުރިމަގު އުޖާލާ ކުރާނެ ޒުވާން ޖީލެއް ބިނާ ކުރުމެވެ. ހޯނޑެެއްދޫ އަކީ ފުޓްބޯޅައިގެ ގޮތުން ހުނަރުވެރި ކުޅުންތެރިންތަކެއް ތިބޭ އަދި އުފެދެމުން އަންނަ ކުޅިވަރުގެ ނަމޫނާ ރަށެކެވެ.