logoEN
cocacola
ބީއެމްއެލްއިން 100 އެޖެންޓުން މެދުވެރިކޮށް ޑިޕޮސިޓްކުރެވޭ ގޮތް ހަމަޖައްސަނީ

ބީއެމްއެލްއިން 100 އެޖެންޓުން މެދުވެރިކޮށް ޑިޕޮސިޓްކުރެވޭ ގޮތް ހަމަޖައްސަނީ

އަހުމަދު ޝުރާއު

logo

2/1/2021, 5:03:52 PM

BML

އޭޓީއެމްގެ ނެތް ރަށްރަށަށް ބީއެމްއެލް އިން އިތުރު 100 ކޭޝް އެޖެންޓުން ހަމަޖައްސަން ނިންމައިފައިވާކަން ބޭންކް އޮފް މޯލްޑިވްސް އިން ހާމަކޮށްފައިވެއެވެ.

ގޮސިޔާ

ބީއެމްއެލްއިން މައުލޫމާތު ދޭގޮތުގައި އެ ބޭންކުގެ ބްރާންޗެއް ނުވަތަ އޭޓީއެމްއެއް ނެތް ރަށްރަށުގައި ކޭޝް އެޖެންޓުން މެދުވެރިކޮށް ކަސްޓަމަރުންނަށް އެކައުންޓުން ފައިސާ ނެގުމުގެ އިތުރުން އެކައުންޓަށް ފައިސާ ޖަމާކުރުމާއި ކްރެޑިޓް ކާޑާއި ލޯނަށް ފައިސާ ދެއްކުމުގެ ހިދުމަތް ވެސް ލިބިގެންދާނެ ކަމަށެވެ.

މިދިޔަ އަހަރު 41 ޑިޕޮސިޓް ކޭޝް އެޖެންޓުން މެދުވެރިކޮށް 180 މިލިއަން ރުފިޔާ ޖަމާކޮށްފައިވެ އެވެ. މި ހިދުމަތަކީ ބޭންކުން އެއްވެސް ފީ އެއް ނުނަގައި ދޭ ހިދުމަތެއްކަން ފާހަގަކޮށްލެވެއެވެ.

ބީއެމްއެލް ކޭޝް އޭޖެންޓުންގެ ހިދުމަތް ތައާރަފުކޮށްފައިވަނީ 2014 ވަނަ އަހަރު އެވެ. އަދި މިވަގުތުވެސް 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުން މެދުވެރިކޮށް ފައިސާ ނެގެއެވެ.

ކޭޝް އެޖެންޓުން މެދުވެރިކޮށް ދުވާލަކު ނެގެނީ 2000 ރުފިޔާ އެވެ. ދުވާލަކު ޖަމާކުރެވެނީ 10،000 ރުފިޔާ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ