މަޑަވެލި ކައުންސިލް އެނުއަލް ފުޓްސަލް 2021 މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ޓީމްތަކަށް ހުޅުވަލައިފިއެވެ.
މި މުބާރާތުގެ ޓީމްތަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު މިއަދުން ފެށިގެން މިމަހުގެ 28 ވަނަ ދުވަހުގެ މެންދުރު 14:00 ނިޔަލަށް ވަނީ ހުޅުވާލެވިފައެވެ. އެގޮތުން އިތުރު މައުލޫމާތު ސާފުކުރުމަށްޓަކައި 9698877 ނަންބަރަށް ގުޅައިގެން ކުރިއަށް ގެންދިޔުމަށް އެރަށުގެ ކައުންސިލުން މައުލޫމުދެއެވެ.
މަޑަވެލި ކައުންސިލާއި އެރަށުގެ ކޮމިޔުނިޓީ ސެންޓަރު ގުޅިގެން 2019 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ މިމުބާރާތަކީ އެރަށުގެ ޒުވާނުންނަށް އަމާޒުކޮށްގެން ބާއްވަމުން އަންނަ ކާމިޔާބު ފުޓްސަލް މުބާރާތެކެވެ.
މަޑަވެލީ ކައުންސިލްގެ އިތުރުން އެރަށުގެ ކޮމިޔުނިޓީ ސެންޓަރާއި ގުޅިގެން ބާއްވާ މިމުބާރާތް އޮންނާނީ އެރަށު Q1 އެރީނާ ފުޓްސްލް ދަނޑުގައިއެވެ. މުބާރާތުގެ މޮޅުވާ ޓީމަކަށް 10,000 ( ދިހަހާސް ރުފިޔާ ) ގެ އިނާމެއް ލިބޭއިރު ދެވަނަޔަށް ދާޓީމަކަށް 5,000 ( ފަސްހާސް ރުފިޔާ) ގެ ފައިސާ ގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.