ދެއްވަދޫގެ މޮނީޓަރިންގ ހާލަތު އުވާލައިފި

ކޮވިޑަށް ފައްސިވި ބަޔަކު ފެނުމާއި ގުޅިގެން މޮނީޓަރިންގ ހާލަތަށް ގެނެވުނު ގއ ދެއްވަދޫގެ މޮނީޓަރިންގ ހާލަތު އުވާލައިފި އެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީއިން ވަނީ މިކަން ރަސްމީކޮށް ގއ ދެއްވަދޫ ކައުންސިލަށް އަންގާފައިއެވެ. އަދި މި ލިޔުމުގެ ކޮޕީއެއް "ގާފު" އޮންލައިން އަށް ވަނީ ލިބިފައިއެވެ.

ގއ ދެއްވަދޫ މޮނީޓަރިންގ ގެ ހާލަތަށް ގެނެވުނީ 07 ޖަނަވަރީގައި އެވެ. ދެއްވަދޫއިން ވަނީ ގިނަ އަދަދެއްގެ ބަޔަކު މި ބައްޔަށް ފައްސި ވެފައިއެވެ. އެގޮތުން މި ރަށުން 70 އަށް ވުރެ ގިނަ މީހުން ފައްސިވެފައިއެވެ.

އެޗްޕީއޭއިން ކައުންސިލަށް ފޮނުވި ލިޔުމުގައި ބުނެފައިވާ ގޮތުގައި އެރަށުގެ މޮނީޓަރިންގ އުވާލާފައިވަނީ ބަލަން ޖެހޭ ކަންކަން ބެލުމަށްފަހު އެހާލަތު އިތުރަށް ދަމަހައްޓަން ޖެހޭ ސަބަބެއް ނެތުމުންނެވެ.

ގއ އަތޮޅު ކައުންސިލްގެ ރައީސް އަހުމަދު ފުއާދު "ގާފު" އޮންލައިންއަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވާ ގޮތުގައި ދެއްވަދޫ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ކޮންޓެކްޓް ޓްރޭސިންގް ފުރިހަމަ ކުރުމަށްފަހު ފައްސިވި މީހުންނާއި ބައްދަލުވި މީހުންގެ ނެގުނު ސާމްޕަލްތަށް ވަނީ ނައްސި ވެފައެވެ.

ދެއްވަދޫގެ މޮނީޓަރިންގ އުވާލުމާއި އެކު މިހާރު ހުވަދު އަތޮޅުގައި މޮނީޓަރިންގ ގެ ހާލަތުގައި އޮތީ ގއ ދާންދޫ އެކަންޏެވެ.

ކޮމެންޓް

Leave a Reply

Your email address will not be published.

ގުޅުންހުރި ލިޔުންތައް