logoEN
ޕީއެންސީ 2
ރައީސް ސޯލިހާއި ނަޝީދު ކޮވިޑް ވެކްސިން ޖައްސަވައިފި

ރައީސް ސޯލިހާއި ނަޝީދު ކޮވިޑް ވެކްސިން ޖައްސަވައިފި

144518772_3563277667133207_3422464019552260442_n

ކޮވިޑް19 އަށް ވެކްސިންޖެހުމުގެ ޕްރޮގްރާމް ފައްޓަވައިދެއްވައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު ވެކްސިން ޖައްސަވައިފިއެވެ.

ޝަރީ 2024

ރައީސް ސޯލިހު ވެކްސިން ޖެއްސެވީ ކޮވިޑް19 އަށް ވެކްސިން ޖެހުން ރާއްޖޭގައި ފެށުމަށް މިއަދު ހެނދުނު މާލޭގެ ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައެވެ. ރައީސް ސޯލިހަށްފަހު ދެން ވެކްސިން ޖެއްސެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދެވެ.

އެ ޕްރޮގްރާމުގެ ދަށުން ވެކްސިން ޖެހުމަށް 20000 އަށްވުރެ ގިނަ ފަރާތްތަކުން ވަނީ ރަޖިސްޓްރީކޮށްފައެވެ.

ދިވެހިރާއްޖޭގައި މި ވެކްސިން ބޭނުންކުރުމުގެ ހުއްދަ ފުޑް އެންޑް ޑްރަގް އޮތޯރިޓީން ދީފައިވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހު އެވެ. އެކަން އިއުލާންކޮށް އެ އިދާރާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެ ވެކްސިން ފުރަތަމަ ޖަހަން ހަމަޖެހިފައިވަނީ ސިއްޙީ ޚިދުމަތްތެރިންނާއި ފްރޮންޓްލައިންގައި މަސައްކަތް ކުރާ ފަރާތްތަކަށެވެ.

މި ވެކްސިން ބޭނުންކުރުމުގެ ހުއްދަ އޮތޯރިޓީން ދީފައިވަނީ، މި ކަމުގައި ބަލަންޖެހޭ ޓެކްނިކަލް ކަންކަން ފުރިހަމައަށް ބަލައި ދިރާސާކުރުމަށްފަހު، އޮތޯރިޓީއަށް ފަންނީ ލަފާދޭ ޓެކްނިކަލް ބޯރޑު ކަމުގައިވާ ނޭޝަނަލް ފާރމަސޫޓިކަލް ބޯޑުގެ ލަފަޔާ މަޝްވަރާއާއި އެކުގައިވެސް ހުއްދަދީފައިވާކަން ހާމަކޮށް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ބަޔާނުގައި ބުނެފައިވެއެވެ.

ވެކްސިން ޖެހުމުގެ ޕްރޮގްރާމް މިއަދު ކުރިއަށްދާނީ އައްޑޫ ސިޓީއާއި މާލެ ސިޓީ އަދި ކުޅުދުއްފުށި ސިޓީގައެވެ.

ތަފްސީލް އަންނަނީ......

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ