ކޮވިޑް ވެކްސިނޭޝަން ޕްރޮގްރާމް ފައްޓަވައިފި

ރާއްޖޭގައި ކޮވިޑް19 އަށް ވެކްސިން ޖެހުމުގެ ގައުމީ ޕްރޮގްރާމް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު ފައްޓަވައިދެއްވައިފިއެވެ.

ރާއްޖޭގައި ޖެހުމަށް ހަމަޖެހިފައިވަނީ އިންޑީއާއިން ރާއްޖެެއަށް ހަދިޔާކުރި، އޮކްސްފޯޑް ޔުނިވަސިޓީގެ ކޮވިޝީލްޑް ވެކްސިނެވެ.  އިންޑިއާއިން ރާއްޖެއަށް ހަދިޔާ ކުރީ ކޮވިޝީލްޑްގެ 100،000 ޑޯޒެވެ.

ރައީސް ފައްޓަވައިދެއްވި ވެކްސިނޭޝަން ޕްރޮގްރާމުގައި ވެކްސިން ޖެހުމަށް 20000 އަށްވުރެ ގިނަ މީހުން ވަނީ ރަޖިސްޓްރީ ވެފައެވެ.

ދިވެހިރާއްޖޭގައި މި ވެކްސިން ބޭނުންކުރުމުގެ ހުއްދަ ފުޑް އެންޑް ޑްރަގް އޮތޯރިޓީން ދީފައިވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހު އެވެ. އެކަން އިއުލާންކޮށް އެ އިދާރާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެ ވެކްސިން ފުރަތަމަ ޖަހަން ހަމަޖެހިފައިވަނީ ސިއްޙީ ޚިދުމަތްތެރިންނާއި ފްރޮންޓްލައިންގައި މަސައްކަތް ކުރާ ފަރާތްތަކަށެވެ.

މި ވެކްސިން ބޭނުންކުރުމުގެ ހުއްދަ އޮތޯރިޓީން ދީފައިވަނީ، މި ކަމުގައި ބަލަންޖެހޭ ޓެކްނިކަލް ކަންކަން ފުރިހަމައަށް ބަލައި ދިރާސާކުރުމަށްފަހު، އޮތޯރިޓީއަށް ފަންނީ ލަފާދޭ ޓެކްނިކަލް ބޯރޑު ކަމުގައިވާ ނޭޝަނަލް ފާރމަސޫޓިކަލް ބޯޑުގެ ލަފަޔާ މަޝްވަރާއާއި އެކުގައިވެސް ހުއްދަދީފައިވާކަން ހާމަކޮށް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ބަޔާނުގައި ބުނެފައިވެއެވެ.

ވެކްސިން ޖެހުމުގެ ޕްރޮގްރާމް މިއަދު ކުރިއަށްދާނީ އައްޑޫ ސިޓީއާއި މާލެ ސިޓީ އަދި ކުޅުދުއްފުށި ސިޓީގައެވެ.

 

ތަފްސީލް އަންނަނީ….

 

 

 

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް