logoEN
cocacola
މިއީ އަތޮޅު ތެރޭގައި ބޭއްވުނު ރާއްޖޭގެ އެންމެ ކާމިޔާބު އެތުލެޓިކްސްގެ މުބާރާތް - ތިނަދޫ ރައީސް

މިއީ އަތޮޅު ތެރޭގައި ބޭއްވުނު ރާއްޖޭގެ އެންމެ ކާމިޔާބު އެތުލެޓިކްސްގެ މުބާރާތް - ތިނަދޫ ރައީސް

GMG_3133

ގދ. ތިނަދޫގައި ބޭއްވި، އެސްޓީއޯ މަކިޓާ ނެޝަނަލް ޖޫނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕް 2022 އަކީ އަތޮޅު ތެރޭގައި ބޭއްވުނު އެތުލެޓިކްސްގެ އެންމެ ބޮޑު އަދި އެންމެ ކާމިޔާބު މުބާރާތް ކަމުގައި ތިނަދޫ ކައުންސިލްގެ ރައީސް، ސައުދު އަލީ ވިދާޅުވެއްޖެ އެވެ.

ގޮސިޔާ

މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސައުދު ވިދާޅުވީ ތިނަދޫގައި ބޭއްވުނު 13 ވަނަ ޖޫނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕަކީ މާލެ ފިޔަވައި ރާއްޖޭގެ ރަށެއްގައި މިހާތަނަށް ބޭއްވުނު އެންމެ ބޮޑު އަދި ކާމިޔާބު މުބާރާތް ކަމަށެވެ. އަދި މުބާރާތް ކާމިޔާބުކަމާއެކު ނިންމުމުގައި ގިނަ ފަރާތްތަކެއްގެ އެހީތެރިކަން ލިބިފައިވާކަން ފާހަގަކޮށް އެ ހުރިހާ ފަރާތަކަށް ސައުދު ވަނީ ޝުކުރު ދަންނަވާފައެވެ.

މިއީ ރާއްޖޭގެ ތާރީޚުގައި ބޭއްވުނު އެންމެ ކާމިޔާބު މުބާރާތް -- ސައުދު އަލީ

ރަސްމިއްޔާތުގައި އިތުރަށް ވާހަކަ ދައްކަވަމުން ސައުދު ވިދާޅުވީ، މުބާރާތް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ނުގެންދެވުނު ނަމަވެސް ކައުންސިލްގެ އަމާޒަކަށްވީ ނިންމުމުގެ ރަސްމިއްޔާތު ކުލަގަދަކޮށް ބޭއްވުމަށް ކަމަށެވެ. އެގޮތުން މިރޭގެ ރަސްމިއްޔާތު ކުރިއަށް ގެންދަން ނިންމާފައިވަނީ ހަވާ އެރުވުމުގެ ހަރަކާތަކާ އެއްކޮށް "އެންމެން ބޭނުންވި" ގޮތަށް ކަމަށް ސައުދު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސް، މުޙައްމަދު ތޮލާލްވެސް ވަނީ މުބާރާތުގެ އިންތިޒާމްތައް ފުރިހަމަކަން ފާހަގަކޮށް ތިނަދޫ ކައުންސިލާއި އެކައުންސިލްގެ ޓީމަށް ތައުރީފް ކުރައްވާފައެވެ.

https://gaafu.mv/86942

މިއީ އެތުލެޓިކްސް އެސޯސިއޭޝަނުން ބާއްވާ 13 ވަނަ ގައުމީ ޖޫނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕް މުބާރާތެވެ. މި މުބާރާތް މިފަހަރު ތިނަދޫގައި ބާއްވަނީ، ހޯސްޓު ކުރާނެ ފަރާތެއް ހޯދުމަށް އިއުލާން ކުރުމަށް ތިނަދޫ ކައުންސިލުން ހުށައެޅި ބިޑް ކާމިޔާބުވުމާއެކު އެވެ. މި މުބާރާތުގައި ހަތަރު އުމުރުފުރާއަކުން ޖުމްލަ 36 ސްކޫލެއް ބައިވެރިވެފައިވެއެވެ. އަދި މުބާރާތުގައި ޖުމްލަ 1057 އެތުލީޓުން ވާދަކޮށްފައިވެއެވެ.

މިއީ 2014 ވަނަ އަހަރުގެ ފަހުން ޖޫނިއާ އެތްލެޓިކްސް މުބާރާތް ތިނަދޫގައި ބާއްވާ ފުރަތަމަ ފަހަރެވެ. 2019 ވަނަ އަހަރު ތިނަދޫގައި އެތްލެޓިކްސް އެސޯސިއޭޝަނުން ވަނީ އިންޓަސްކޫލް އެތުލެޓިކްސް މުބާރާތެއް ބާއްވާފައެވެ. އަދި 2018 އެޓޯލް ޖޫނިއާ އެތުލެޓިކްސް މުބާރާތްވެސް ތިނަދޫގައި ބާއްވާފައެވެ.

ތިނަދޫއަކީ އެތްލެޓިކްސްގައި ވަރަށް ކާމިޔާބު ރަށެކެވެ. އެގޮތުން ކޮންމެ އަހަރަކުވެސް ބާއްވާ އެތްލެޓިކްސް މުބާރާތްތަކުގައި ތިނަދޫއަށް ނިސްބަތްވާ އެތްލީޓުން އަންނަނީ ރަން ވަނަތަކެއް ހޯދައި ޤައުމީ ރިކޯޑްތައްވެސް މުގުރާލަމުންނެވެ. މިއަހަރުގެ މުބާރާތް ތިނަދޫގައި ބޭއްވުމަށް ފުރުސަތު ލިބިގެން ދިޔައީ ތިނަދޫ ކައުންސިލުން މުބަރާތަށް ބިޑް ހުށަހެޅުމުން އެންމެ މަތިން ޕޮއިންޓް ލިބުމުންނެވެ.

މި މުބާރާތުގައި 1057 އެތުލީޓުން ބައިވެރިވެފައިވާއިރު، އެ އެތުލީޓުންނާއެކު 3500 އަށްވުރެ ގިނަ މީހުން މުބާރާތަށްޓަކައި ތިނަދޫއަށް އައިސްފައިވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ