
ކާޑެއްދޫ އެއާޕޯޓްގެ އިސްވެރިން މާވަރުލު އެއާޕޯޓަށް ޒިޔާރަތްކޮށްފި
IMG_5824
ހުވަދު އަތޮޅު ދެކުނުުބުރީ ކާޑެއްދޫ އެއާޕޯޓްގެ އިސްވެރިން އަތޮޅުގައި އެންމެެ ފަހުން ހުޅުވުނު އެެއާޕޯޓް ކަމުގައިވާ މާވަރުލު އެއާޕޯޓަށް ޒިޔާރަތް ކޮށްފި އެވެ.

ކާޑެއްދޫގެެ މެނޭޖިންގް ޑިރެކްޓަރ މުހައްމަދު ޝަރީފުގެެ އިތުރުން ކާޑެއްދޫ އެއާޕޯޓްގެ އިސްވެރިންގެ ވަފުދެއް މާވަރުލު އެއާޕޯޓަށް ޒިޔާރަތްކޮށް އެއާޕޯޓްގެ މުވައްޒިފުންނާއި ބައްދަލުކޮށް އެއާޕޯޓްގެެ ހިދުމަތްތަށް ވަނީ ގާތުން ބައްލަވާފައެވެެ. އަދި މިޒިޔާރަތުގައި އެ އެއާޕޯޓްގައި ގަސް އިންދުމުގެ ޕްރޮގްރާމެއްވެެސް ވަނީ ކުރިޔަށް ގެންގޮސްފައެވެ. މި ހަރަކާތުގައި މިވަގުތު މާވަރުލުގައި މަސައްކަތް ކުރާ ގިނަ މުވައްޒިފުންތަކެެއްވެސް ވަނީ ބައިވެެރިވެެފައެވެެ.
މާވަރުލު އެއާޕޯޓަކީ މިވަގުތު ކާޑެއްދޫގެ ބައެއް މުވައްޒިފުން ބޭނުން ކޮށްގެން ހިންގަމުންދާ އެއާޕޯޓެކެެވެެ. އެގޮތުން އެއްމަހުގެ ޓާމްތަކަށް މާވަރުލަށް އެކި އެކި މުވައްޒިފުން އަންނަނީ ފޮނުވަމުންނެވެެ. މިއަހަރުގެ ކުރީ ކޮޮޅުން ފަށައިގެން ފްލައިޓް އޮޕަރޭޓް ކުރަމުން އައިނަމަވެސް ކޮވިޑް ހާލަތާއި ގުޅިގެެން އެއާޕޯޓަށް ބޭޭނުންވާ މީހުން ތަމްރީން ކުރެެވިފައި ނުވާކަން ފާހަގަކުރެވެެއެެވެެ.
ރީޖަނަލް އެއާޕޯޓްސްއިން އޮޕަރޭޓްކުރަމުންދާ މާވަރުލު އެއާޕޯޓަކީ ހުވަދު އަތޮޅުގެެ ތިންވަނަ އެއާޕޯޓެވެެ. އެންމެ ޒަމާނީ ހިދުމަތްތަކާއި އެކު ހުޅުވުނު މި އެއާޕޯޓުގެ އޮޕަރޭޝަން ފެށުނީ މިއަހަރުގެ ޖުލައި މަހުގެ 4 ވަނަ ދުވަހުއެވެ. މިއީ އަތޮޅުގެ ރައްޔިތުންނަށް އަދި ހާއްސަކޮށް ގދ ގައްދޫ ސަރަހައްދުގެ ރައްޔިތުންނަށް ވަރަށް މުހިންމު އެއާޕޯޓެެކެވެެ.