ގދ ކާޑެއްދޫ އެއާޕޯޓް އާރޯކުރުމުގެ މަޤްސަދުގައި އެއެއާޕޯޓުގެ މެނޭޖްމެންޓިންގ އިސްނަގައިގެން ކުރިޔަށްގެންދިޔަ އާރޯކުރުމުގެ ފުރަތަމަ ހަރަކާތް ކާމިޔާބު ކަމާއިއެކު ބާއްވައިފި އެވެ.
މިއަދު ހެނދުނުން ފެށިގެން މެންދުރު ވަގުތާހަމައަށް ކާޑެއްދޫގައި ކުރިޔަށް ގެންދިޔަ މި ހަރަކާތުގައި ކާޑެއްދޫގެ ތިން ސަރަހައްދެއް ވަނި ސާފުކޮށްފައެވެ. އެގޮތުން ކާޑެއްދޫގެ ފިއުލް އޭރިއާއި ކުރީގެ ބަދަރުގެ މަގު އަދި މުވައްޒަފުން ބޭނުންކުރާ ބަނދަރު ސަރަޙައްދުގައި ހުރި ރުއްގަސް ތަކާއި ވިނަތަކުގައި ހުރި ކުނިބުނި ވަނީ ނަގައި ސާފުކޮށްފައެވެ. މި ހަރަކާތުގައި ގދ ތިނަދޫ ، ގދ މަޑަވެލި އަދި ގދ ހޯނޑެއްދޫގެ މުވައްސަސާތަކުންނާއި ރަށު ކައުންސިލްތަކުންނާއި މި ދެދާއިރާގެ މަޖިލިސް މެމްބަރުންވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި ހަމައެއާއި އެކު އެރަށްރަށުގެ ކުޅިވަރު ޖަމިއްޔާތަކާއި ކާޑެއްދޫގެ އެކި ޑިޕާޓްމެންޓްތަކުގެ މުވައްޒިފުންވެސް ވަނީ މިހަރަކާތުގައި ބައިވެރިވެފައިއެވެ.
މި ހަރަކާތާއި ބެހޭގޮތުން " ގާފު " އަށް މައުލޫމާތު ދެއްވަމުން ކާޑެއްދޫ އެއާޕޯޓުގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވިގޮތުގައި މި ހަރަކާތަކީ ފަތުރުވެރިންނަށާއި އެއާޕޯޓުގެ ބޭނުން ހިފާ ރައްޔިތުންނަށް އެއާޕޯޓަކީ ހިތްގައިމު ހިތްފަސޭހަ އަދި ސާފުތާހިރު ތަނަކަށް ހެދުމުގެ ނިޔަތުގައި ބޭއްވުނު ހަރަކާތެކެވެ. އަދި މި ހަރަކާތަށް އެއާޕޯޓާއި އެންމެ ކައިރީގައި އޮތް ތިން ރަށުގެ މުވައްސަސާތަކުންނާއި މި ހަރަކާތުގައި ބައިވެރިވި ހުރިހާ ފަރާތްތަކުން ދެެއްވި އެއްބާރުލުން ފާހަގަކުރައްވާ އެފަރާތްތަކަށް މުހައްމަދު ޝަރީފް ވަނި ޝުކުރުވެސް އަދާކުރައްވާފައިއެވެ.
މި ހަރަކާތުގައި ބައިވެރިވި ބައެއް މުވައްސަސާތަށް
- ތިނަދޫ އަތޮޅު ކައުންސިލް
- ތިނަދޫ ރަށު ކައުންސިލް
- ތިނަދޫ އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ
- ގދ އަތޮޅު ތައުލީމީ މަރުކަޒު
- ޒިމަމަން ރެސްޓޯރެންޓް
- ތިނަދޫ ޕޮލިސް
- ރައުހަތް ސްޕޯޓްސް އެކަޑަމީ
- އަބޫބަކުރު ސްކޫލް
- އެމްއެންޑީއެފް
- ގދ މަޑަވެލި ކައުންސިލް
- ގދ ހޯނޑެއްދޫ ކައުންސިލް
- ގދ މަޑަވެލި އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ
- ގދ ހޯނޑެއްދޫ އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ
- ހަވަރު ސްޕޯޓްސް
- ހުވަދޫ ސުވިމިންގް ކްލަބް
- ފެނަކަ ހޯނޑެއްދޫ ބްރާންޗް
- އޭއޯ ނިއުސް
- ޕްރިންޓެކް
- ހުވަދޫ އޮންލައިން
- ގާފު މީޑިއާ ގްރޫޕް
- އެސްޓީއޯ ޖެޓް ފިއުލް
މި ހަރަކާތް ސްޕޮންސަރ ކޮށްދެއްވީ ޒިމަމަން ރެސްޓޯރަންޓާއި ހަތާ ފިއުލްސް އަދި ރަފޭލްސް މޯލްޑިވްސް އިންނެވެ. އަދި މޯލްޑިވިއަންގެ ފަރާތުން ވަނީ މި ހަރަކާތުގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް ތޮފި ހަދިޔާކޮށްފައިއެވެ.
One Response
ކާޑެއްދޫ އެއަރޕޯޓްގެ މަސައްކަތަކީ ރައްޔިތުންގެ މަސައްކަތް. މުޅު ހުވަދޫގެ ރައްތަކުގެ ފަރުތައްހުސްކޮށްލި އެއަރޕޯޓެއް. އެހެންކަމުން މި އެއަރޕޯޓްއަކީ ރައްޔިތުންގެ އެއަރޕޯޓްއެއް. އެހެންނަމަވެސް މި އެއަރޕޯޓްގެ ނާޖާއިޒް ފައިދާ ނަގަމުންދަނީ އެހެންބަޔެއް. ރައްޔިތުންނަށް ފެނިގެންދަނީ ވީރާނާވަމުންދާ ތަނެއްގެ ގޮތުގައި. މިތަން ތަރައްގީގުކުރުމުގައި ޒިންމާވަނީ ކޮންފަރާތެއްކަމެއް އެގެނީ ކާކުބާޔޭ ހިތަންއަރާ. އެއްވެސް އާރޯކަމެއްނެތް މި އެއަރޕޯޓް ކުރިމަގުއުޖާލާވާނެ ކަމުގައި އުންމީދުކުރަން. އަދި ސަރުކާރުން މި އެއަރޕޯޓް އިންޓަރނޭޝަނަލް ނަތެއްގޮތުގައި ހައްދަވައިދެއްވައި، ރިސޯޓްތަކަށް އާރޯކަން އަންނާނެގޮތަކަށް ވިސްނާނެކަމުގައި އުންމީދުކުރަން