
ގަދަ 10 ޖަލްސާ އާއި ގުޅިގެން ދަރިވަރުންގެ ނުރުހުން އެޑިއުކޭޝަނަށްަ
DEorN8zVoAAvXzF
ނިމިދިޔަ އަހަރުގެ ސާނަވީ އަދި މަތީ ސާނަވީ އިމްތިހާނުން ފަހުރުވެރި ކާމިޔާބީތައް ހާސިލްކޮށްފައިވާ ދަރިވަރުންނަށާއި، ރާއްޖޭގެ އެންމެ ގަދަ 10 އަކަށް ގޮސްފައިވާ ދަރިވަރުންނަށް އިނާމް ދިނުމަށް ބާއްވާ ޖަލްސާ ވާޗުއަލްކޮށް ބޭއްވުމަށް ނިންމުމާއި ގުޅިގެން އެ ވަނަތައް ހާސިލްކޮށްފައިވާ ގިނަ ދަރިވަރުންތަށް އެކަމާ ދޮކޮޅަށް ނުރުހުން ފާޅުކޮށްފިއެވެ.

މިއަހަރު ބާއްވަން ނިންމާފައިވާ ޓޮޕް-10 ޖަލްސާ ކޮވިޑް-19 ގެ ސަބަބުން ވާޗުއަލްކޮށް ނިންމުމާއި ގުޅިގެން މިނިސްޓްރީގެ މި ނިންމުން މުރާޖާކުރުމަށް އެދި 1000 އަށް ވުރެ ގިނަ ދަރިވަރުން ވަނީ ޕެޓިޝަނެއްގައި ސޮއިކޮށްފައިއެވެ. އަދި ގަދަ ދިހައަކަށް ދިޔަ ގިނަ ދަރިވަރުން އަންނަނީ ސޯޝަލް މީޑިޔާގެ އެކި ޕްލެޓްފޯމްތަކުގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މިހާރު އިނާމު ދޭން ތައްޔާރުވަނީ 2019ގެ އޯ ލެވެލް އަދި އޭ ލެވެލްގެ ގަދަ 10ގެ ދަރިވަރުންނަށެވެ. މިއަހަރު ބާއްވަން ނިންމާފައިވާ ގަދަ 10 ޖަލްސާ އޮންލައިންކޮށް ބޭއްވުމަށް ނިންމާފައެވެ. ނަމަވެސް އެންމެ މޮޅު 10 އެއްގެ ތެރެއިން އެއްވަނަ އަށް ދާ ދަރިވަރުންނަށް ޖަލްސާ އެއް ފެބްރުއަރީ 25 ގައި ތާޖުއްދީން ސްކޫލުގައި ބޭއްވުމަށް މިނިސްޓްރީއިން ނިންމާފައިވެއެވެ.
ދަރިވަރުންގެ ފަރާތުން މިނިސްޓްރީއަށް ހުށަހަޅަން ނިންމާފައިވާ މި ޕެޓިޝަނަކީ ކޮވިޑްގެ ހާލަތާއި ގުޅިގެން އޮންލަައިންކޮށް ބޭއްވުމަށް ނިންމާފައިވާ ޖަލްސާ ފަސްކުރުމަށް އެދި ފަޙުރުވެރި ރަންވަނަތައް ހާސިލްކުރި ދަރިވަރުންނާއ،ި އެކުދިންގެ ބެލެނިވެރިން ސޮއިކުރުމަށްފަހު ހުށައަޅާ ފެޓިޝަނެކެވެ. އަދި މި ޕެޓިޝަނުގައި ކޮވިޑްގެ ހާލަތު އާންމު ހާލަތަކަށް ރުޖޫއަވުމުން ހުރިހާ ދަރިވަރުންނަށްވެސް އިނާމު ދިނުމުގެ ޖަލްސާގައި ބައިވެރިވެވޭނެ ގޮތަކަށް ހަމަހަމަފުރުސަތު ތަކެއް ދިނުމަށް މިނިސްޓްރީއަށް އިލްތިމާޒްކޮށްފައިވެއެވެ.