
kgf-2-release-date-1200
ގިނަ ބަޔެއްގެ މެދުގައި މަޝްހޫރުކަން ހޯދި ފިލްމް ކަންނާޑާ ފިލްމު ކޭޖީއެފްގެ ދެވަނަ ޗެޕްޓަރ އަންނަ ޖުލައި މަހުގެ 16 ގައި ސިނަމާތަކުގައި އަޅުވާނެކަން އިއުނާންކޮށްފިއެވެ.

ވަރުގަދަ އެކްޝަން މަންޒަރުތަކެއް ފެނިގެންދާ މި ފިލްމުގެ އާޕޯސްޓަރެއްވެސް ވަނީ ދައްކާލާފައިއެވެ. ޔަޝް ލީޑް ރޯލް ކުޅޭ މިފިލްމުގައި ސަންޖޭ ދަތުގެ ވެސް މުހިންމު ރޯލެއް ހިމެނެއެވެ. ނުބައި މީހެއްގެ ރޯލު ކުޅޭ ސަންޖޭ މި ފިލްމުގައި ކުޅޭނީ އަދީރާ ކިޔާ ކެރެކްޓާއަކުންނެވެ.
"ކޭޖީއެފް: ޗެޕްޓާ 2" އަކީ "ކޭޖީއެފް: ޗެޕްޓާ 1"ގެ ސީކްއެލް އެވެ. ކޭޖީއެފްގެ ފުރަތަމަ ބައި ރިލީޒްކޮސްފައިވަނީ 2018 ވަނަ އަހަރުގައިއެވެ. މި ފިލްމުގެ ފުރަތަމަ ބަޔަށް ވެސް ވަނީ ގިނަ ބަޔެއްގެ ތަރުހީބުވަނީ ލިބިގެންގޮސްފައިއެވެ.
މި ފިލްމަކީ ރާއްޖޭގައިވެސް ވަރަށް ބޮޑު ތަރުހީބެއް ލިބިގެންދިޔަ ފިލްމެއްކަން ފާހަގަކޮށްލެވެއެވެ. މި ފިލްމުގެ ޑައިރެކްޓަރަކީ ޕްރަޝާންތު ނީލް އެވެ.