ހުވަދު އަތޮޅުން ފެށިގެން އައްޑު އަތޮޅަށް ހުދު ސަމާލު ނެރެފި

ރާއްޖޭގެ ދެކުނުގެ ސަރަހައްދުތަކަށް މޫސުން ގޯސްވެ ދެކުނުގެ 4 އަތޮޅުތަކަށް ހުދު ސަމާލު ނެރެފިއެވެ.

ހުދު ސަމާލު ނެރެފައިވަނީ ގއ އަތޮޅުން ފެށިގެން އައްޑު އަތޮޅަށެވެ. ގައުމީ މޫސުމާ ބެހޭ އިދާރާއިން ހުދު ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 09:00 އިން ފެށިގެން މެންދުރު 02:00 އާ ހަމައަށެވެ. އެ އިދާރާއިން ބުނެފައިވަނީ އެ މުއްދަތުގައި އެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށެވެ.

މީގެ އިތުރުން ކުރިއަށް އޮތް 24 ގަޑިއިރު މުޅި ރާއްޖޭގެ މޫސުން ލަފާކޮށްފައިވާ ގޮތަށް ބަލާއިރު މޫސުމާ ބެހޭ އިދާރާއިން ބުނީ ރާއްޖޭގެ ދެކުނުގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ ކަމަށެވެ. ވޭތުވެދިޔަ ތިން ދުވަހުވެސް ދެކުނު އަތޮޅުތަކަށް މޫސުން ގޯހެވެ.

މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރަކަށް ވުމުން އެމްއެންޑީއެފްއިން ވެސް ވަނީ ކަނޑުދަތުރު ކުރާ ފަރާތަތަކަށް މޫސުމަށް ބަލައިގެން ދަތުރުފަތުރު ކުރުމަށް އިލްތިމާސް ކޮށްފައެވެ.

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް