
ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވި މީހާގެ ހަށިގަނޑު ތިނަދޫއަށް ގެނެސްފި
breaking ބްރޭކިންގް
މިއަދު ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ސިއްޙީ ކުއްލި ހާލަތެއް ދިމާވެގެން ނިޔާވި ގދ. ހޯނޑެއްދޫ ޒުވާނާ އަބްދުﷲ ރަޝީދުގެ ހަށިގަނޑު ގދ ތިނަދޫއަށް ގެނެސްފި އެވެ.

އަބްދުﷲ ގެ ހަށިގަނޑު ތިނަދޫއަށް ގެނެސްފައިވަނީ މީގެ ކުޑައިރުކޮޅެއް ކުރިންނެވެ. އެގޮތުން އޭނާގެ ހަށިގަނޑު ތިނަދޫއަށް ގެނެސްފައިވަނީ އޮޓޮޕްސީ ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވާލުމަށްޓަކައި މާލެ ފޮނުވާލުމުގެ ކުރިން އިންތިޒާމުތަށް ހަމަޖެހެންދެން ތިނަދޫގައި ހުންނަ ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި އަބްދުﷲ ގެ ހަށިގަނޑު ބޭއްވުމަށެވެ.
އިތުރު ތަފްސީލް އަންނަނީ ...