
DSC_3668
ގދ ކާޑެއްދޫ އެއާޕޯޓް އާރޯކުރުމުގެ މަޤްސަދުގައި އެއެއާޕޯޓުގެ މެނޭޖްމެންޓިންގ އިސްނަގައިގެން ކުރިޔަށްގެންދާ އާރޯކުރުމުގެ ފުރަތަމަ ހަރަކާތް އެއެއާޕޯޓުގައި ފެށިގެން ކުރިޔަށް އެބަދެއެވެ.

މި ހަރަކާތް ފެށިގެން ގޮސްފައިވަނީ ހަރަކާތުގެ ބައިވެރިންނަށް ޚާއްސަކޮށްގެން ބޭއްވުނު ހެނދުނުގެ ނާސްތާއަކަށްފަހުއެވެ. މި ހަރަކާތުގައި ގދ ތިނަދޫ ، ގދ ހޯނޑެއްދޫ އަދި ގދ މަޑަވެލީގެ ގިނަ މުވައްސަސާތަކާކާއި ރައްޔިތުން ވަނީ ބައިވެރިވެފައިއެވެ. މީގެ އިތުރުން ގދ މަޑަވެލި ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާން އަދި ގދ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލް މުޤުނީ ވަނީ ބައިވެރިވެވަޑައިގެންފައިއެވެ.
މި ހަރަކާތުގައި ބައިވެރިވި ބައެއް މުވައްސަސާތަށް
ތިނަދޫ އަތޮޅު ކައުންސިލް
ތިނަދޫ ރަށު ކައުންސިލް
ތިނަދޫ އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ
ގދ އަތޮޅު ތައުލީމީ މަރުކަޒު
ޒިމަމަން ރެސްޓޯރެންޓް
ތިނަދޫ ޕޮލިސް
ރައުހަތް ސްޕޯޓްސް އެކަޑަމީ
އަބޫބަކުރު ސްކޫލް
އެމްއެންޑީއެފް
ގދ މަޑަވެލި ކައުންސިލް
ގދ ހޯނޑެއްދޫ ކައުންސިލް
ގދ މަޑަވެލި އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ
ގދ ހޯނޑެއްދޫ އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ
ހަވަރު ސްޕޯޓްސް
ހުވަދޫ ސުވިމިންގް ކްލަބް
ފެނަކަ ހޯނޑެއްދޫ ބްރާންޗް
އޭއޯ ނިއުސް
ޕްރިންޓެކް
ހުވަދޫ އޮންލައިން
ގާފު މީޑިއާ ގްރޫޕް
މި ހަރަކާތުގައި ކާޑެއްދޫގެ ތިން ސަރަހައްދެއް ސާފުކުރުމަށް ވަނީ ހަމަޖެހިފައިއެވެ. އެގޮތުން ކާޑެއްދޫގެ ފިއުލް އޭރިއާ އާއި ކުރީގެ ބަދަރުގެ މަގު ސާފުކުރުމަށް ވަނީ ހަމަޖެހިފައިއެވެ.
މި ހަރަކާތް މިއަދުގެ މެންދުރު ވަގުތާއި ހަމައަށް ކުރިޔަށް ގެންދިޔުމަށް ވަނީ ނިންމާފައިއެވެ. އަދި މި ހަރަކާތަކީ އެތަނުގެ މިހާރުގެ ޙާލަތު ރަގަޅު ކުރުމުގެ މަޤްސަދުގައި ފަށާފައިވާ ހަރަކާތެއްކަމަށް އެއެއާޕޯޓުގެ މެނޭޖްމެންޓުން މައުލޫމާތު ދެއެވެ.