
ނިޔާވި މީހާ މަޑަވެއްޔަށް ގެންދިޔައީ ކުލީ ލޯންޗެއްގައި، އޭގައި އާންމުންވެސް ތިބި - ފުލުހުން
breaking ބްރޭކިންގް
ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މަރުވި ގދ. ހޯނޑެއްދޫއަށް ނިސްބަތްވާ މީހާ މަޑަވެއްޔަށް ގެންދިޔައީ ކުއްޔަށް ހިފާފައިވާ ލޯންޗަކުން ކަމަށާއި، އެ ލޯންޗުގައި އާންމުންވެސް ތިބި ކަމަށް ފުލުހުން ބުނެފިއެވެ.

ނޫސްތަކަށް މައުލޫމާތު ދެމުން ފުލުހުންގެ ތަރުޖަމާން ވިދާޅުވީ މިއަދު ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހަކު މެޔަށް ތަދެއް އަރައި ސީޒަރ އެއް ޖެހުން ފަދަ އަލާމާތްތަކެއް ފެނުމާ ގުޅިގެން ގދ. މަޑަވެލި ހެލްތް ސެންޓަރަށް ދިޔަ ކަމަށާއި، ހެލްތު ސެންޓަރަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާ ކަމަށް އޭނާ ބެއްލެވި ޑޮކްޓަރު ވިދާޅުވެފައިވާ ކަމަށެވެ.
މިހާދިސާއާ ގުޅޭ މައުލުމާތު ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނަށާއި، ހިއުމަން ރައިޓްސް ކޮމިޝަނާ ހިއްސާކޮށް ތަހުގީގުކޮށްދިނުމަށް މިހާރު އެދިފައިވާ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ އަދި ނިޔާވި މީހާގެ ހަށިގަނޑުގެ އޮޓޯޕްސީ ހެދުމަށް ނިންމާފައިވާކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ.
ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މަރުވި ގދ. ހޯނޑެއްދޫއަށް ނިސްބަތްވާ އެ މީހާ މަޑަވެއްޔަށް ގެންދިޔައީ ކުއްޔަށް ހިފާފައިވާ ލޯންޗަކުން ކަމަށާއި، އެ ލޯންޗުގައި އާންމުންވެސް ތިބި ކަމަށް ފުލުހުން މައުލޫމާތު ދެ އެވެ.
އެމީހާ ނިޔާވީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި ކަމަށްވުމުން އޭނާ މަރުވުމުގައި ފުލުހުންގެ އިހުމާލުއޮތް ކަމަށް ބުނެ މަޑަވެލީގައި މިވަގުތު ދަނީ އިހްތިޖާޖް ކުރަމުންނެވެ.
ތަފްސީލް އަންނަނީ...