logoEN
Sto top
ނިޔާވި މީހާ މަރުވި ސަބަބު ހޯދުމަށް އޮޓޯޕްސީ ހަދަން ނިންމައިފި

ނިޔާވި މީހާ މަރުވި ސަބަބު ހޯދުމަށް އޮޓޯޕްސީ ހަދަން ނިންމައިފި

ގާފު އެޑިޓޯރިއަލް

logo

10/25/2022, 6:53:36 PM

breaking ބްރޭކިންގް

ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވި މީހާ މަރުވި ސަބަބު ހޯދުމަށް އޭނާގެ ހަށިގަނޑުގެ އޮޓޯޕްސީ ހަދަން ފުލުހުން ނިންމައިފިއެވެ.

Wamco

ނޫސްތަކަށް މައުލޫމާތު ދެމުން ފުލުހުންގެ ތަރުޖަމާން ވިދާޅުވީ މިއަދު ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހަކު މެޔަށް ތަދެއް އަރައި ސީޒަރ އެއް ޖެހުން ފަދަ އަލާމާތްތަކެއް ފެނުމާ ގުޅިގެން ގދ. މަޑަވެލި ހެލްތް ސެންޓަރަށް ދިޔަ ކަމަށާއި، ހެލްތު ސެންޓަރަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާ ކަމަށް އޭނާ ބެއްލެވި ޑޮކްޓަރު ވިދާޅުވެފައިވާ ކަމަށެވެ.

މިހާދިސާއާ ގުޅޭ މައުލުމާތު ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނަށާއި، ހިއުމަން ރައިޓްސް ކޮމިޝަނާ ހިއްސާކޮށް ތަހުގީގުކޮށްދިނުމަށް މިހާރު އެދިފައިވާ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ އަދި ނިޔާވި މީހާގެ ހަށިގަނޑުގެ އޮޓޯޕްސީ ހެދުމަށް ނިންމާފައިވާކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ.

ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މަރުވި ގދ. ހޯނޑެއްދޫއަށް ނިސްބަތްވާ އެ މީހާ މަޑަވެއްޔަށް ގެންދިޔައީ ކުއްޔަށް ހިފާފައިވާ ލޯންޗަކުން ކަމަށާއި، އެ ލޯންޗުގައި އާންމުންވެސް ތިބި ކަމަށް ފުލުހުން މައުލޫމާތު ދެ އެވެ.

އެމީހާ ނިޔާވީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި ކަމަށްވުމުން އޭނާ މަރުވުމުގައި ފުލުހުންގެ އިހުމާލުއޮތް ކަމަށް ބުނެ މަޑަވެލީގައި މިވަގުތު ދަނީ އިހްތިޖާޖް ކުރަމުންނެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside