logoEN
ޕީއެންސީ 2
ސައުދީ ބޯޑަރުތަށް ހުޅުވުން މެއި މަހަށް ފަސްކޮށްފި

ސައުދީ ބޯޑަރުތަށް ހުޅުވުން މެއި މަހަށް ފަސްކޮށްފި

އަހުމަދު ޝުރާއު

logo

1/30/2021, 9:04:35 AM

1734428

ސައުދީ އަރަބިއާގެ ވަޔާއި ކަނޑާއި އެއްގަމުގެ ބޯޑަރުތައް ހުޅުވުން މެއި 17 ވަނަ ދުވަހާއި ހަމައަށް ބޯޑަރު ހުޅުވުން ފަސް ކޮށްފި އެވެ.

ޝަރީ 2024

މީގެ ކުރިން ސައުދީގެ ބޯޑަރުތަށް ހުޅުވަން ހަމަޖެހިފައިއޮތީ މާރިޗް 31 ގައިއެވެ. އެހެން ނަމަވެސް މިހާރު 17 މެއި އާ ހަމައަށް ބޯޑަރުތައް ބަންދުކޮށްފައި އޮތުން އިތުރުކުރުމާއެކު، އެ ގައުމަށް އެއްގުމު މަގުންނާއި، ކަނޑުންނާއި އަދި ވައިގެ މަގުންވެސް އެތެރެ ނުވެވޭނެެއެވެ.

ސައުދީގެ ހެލްތް މިނިސްޓްރީއިން މައުލޫމާތު ދޭގޮތުގައި ސައުދީގެ ބޯޑަރު ހުޅުވާ ދުވަސް ފަސް ކުރީ ވެކްސިން ލިބުމުގައި ދަތިތަކާއި ދިމާވުމާއި ގުޅިގެންނެވެ. އަދި ކޮވިޑް-19ގެ އިތުރު ރާޅުތަކެއް އެކި ގައުމުތަކަށް އަރަމުން އަންނާތީ ކަމަށެވެ. އެގައުމުން ބުނީ، ބޯޑަރުތައް ހުޅުވައި ފިޔަވަޅުތަކަށް ލުޔެއް ދިނުމުގެ ކުރިން އެގައުމުގެ ރައްޔިތުންނަށް ވެކްސިންދީ، ބަލިން ސަލާމަތް ކުރެވޭނެ މަގު ހޯދަމުން އަންނަ ކަމަށެވެ.

މިއާއިއެކު މިއީ ސައުދީގެ ބޯޑަރުތަށް ބަންދުކުރަން ނިންމި ތިން ވަނަ ފަހަރެވެ. އެންމެ ފުރަތަމަ ސައުދީގެ ބޯޑަރުތަށް ބަންދުކުރީ މިދިޔަ އަހަރުގެ މާރިޗު މަހުގެ 9 ވަނަ ދުވަހުއެވެ. އަދި އޭގެ ފަހުން އަނެއްކާވެސް މި މުއްދަތު އިތުރުކޮށްފައިވަނީ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ