މަސް ގަންނަ ސެންޓަރާއެކު ހުވަދޫގެ މަސްވެރިންނަށް ލުއިތަކެއް ލިބިގެންދާނެ – ޒަހާ

މިނިސްޓަރ ޒަހާ ތިނަދޫއަށް ވަޑައިގަތުން -- ގަފު ފޮޓޯ: ޝުއާއު ޙަނީފް

ގދ. ތިނަދޫގައި އެޅުމަށް ނިންމާފައިވާ މަސް ގަންނަ ސެންޓަރާއެކު ހުވަދު އަތޮޅު ހިމެނޭ ސަރަހައްދުގެ މަސްވެރިންނަށް ލުއިތަކެއް ލިބިގެންދާނެ ކަމަށް ފިޝަރީސް މިނިސްޓަރ، ޒަހާ ވަހީދު ވިދާޅުވެއްޖެ އެވެ.

"ގާފު އެކްސްކްލޫސިވް" އަށް ދެއްވި އިންޓަވިއުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ތިނަދޫގައި ގާއިމް ކުރެވޭ މަސް ގަންނަ ސެންޓަރުގެ ޚިދުމަތް ފެށުމާއެކު މަސްވެރިންގެ މިހާރު ހުރި ޝަކުވާތަކަށް ހައްލު ލިިބި މަސްވެރިންނަށް ލުއިތަކެއް ލިިިބިގެން ދާނެ ކަމަށެވެ. އެގޮތުން މަސް ކިރުވަން ކިއު ގައި އޮންނަން ޖެހޭ އޮތުމާއި މަސް ނުކިރުވުން ފަދަ ކަންކަމަށް ހައްލު ލިިބިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"މި ސަރަހައްދުގަ ހަރަކާތްތެރިވާ މަސްވެރިންނަށް ވަރަށް ބޮޑު ލުއިތަކެއް ލިިބިގެންދާނެ. މިހާރު މި ހުންނަ ބޯޓުތަކަކީ ވަރަށް ކުދި ކުދި ބޯޓު. އަޅުގަނޑުމެން އުއްމީދު މި ކުރަނީ.. މަސްވެރިން އެންމެ ބޮޑު ޝަކުވާ އަދި ކަންބޮޑުވުން، އެއީ ކިއުގައި ތިބެންޖެހޭ އެ ތިބުން. ކިއުގަ ތިބެން ޖެހޭ ވަގުޔތު މަދު ކޮށްފަ ހަމަ އެއާއެކީގަ މިއަންނަ އުމްރާނީ ބަދަލުތަކާއެކީގަ މަސްވެރިންނަށްވެސް އާއިލާތަކާ ކައިރީގަ މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެންދާނެ" މިނިސްޓަރ ޒަހާ ވިދާޅުވިއެވެ.

އެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ސައުދީ ފަންޑުގެ އެހީގެ ދަށުންނެވެ. އެ މަޝްރޫއަށް ޚަރަދުވާނެ ކަމަށް ބެލެވެނީ 66 މިލިއަން ދިވެހި ރުފިޔާއެވެ.

ތިނަދޫގައި ޤާއިމުކުރުމަށް ނިންމައިފައިވާ މި ސެންޓަރުގައި ކޯލްޑް ސްޓޯރޭޖް ފެސިލިޓީ އެއްގެ އިތުރުން ބަރައިން ފްރީޒިންގ ގެ ހިދުމަތާއި، ލެބޯޓަރީ އަދި ވެއާހައުސްގެ ހިދުމަތް ލިބޭނެއެވެ.

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް