އަމާރީން ފުރައިގެން މާލެ ދަތުރުކުރި ދޯންޏެއްގައި އަލިފާން ރޯވެއްޖެ

ހުވަދު އަތޮޅު ދެކުނުބުރީގައި ހިންގާ ރިސޯޓެއް ކަމަށްވާ އަމާރީ ހަވޮއްޑާ މޯލްޑިވްސް އިން ފުރައިގެން މާލެ ދަތުރުކުރަމުންދިޔަ ސަޕްލައި ދޯންޏެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފުން މައުލުމާތު ދެއްވި ގޮތުގައި ރޯވެފައިވަނީ "ހިބަރު" ނަމަކަށް ކިޔާ ސަޕްލައި ދޯންޏެއްގައެވެ. އެމްއެންޑީއެފަށް މިހާދިސާގެ މައުލޫމާތު ލިބިފައިވަނީ މިރޭ 10:30 ހާއިރު އެވެ. އަދި އެ ހާދިސާ ހިނގާފައިވަނީ، ދޯނީގެ އިންޖީނު ރޫމްގައި އަލިފާން ރޯވެގެން ކަމަށްވެސް އެމްއެންޑީއެފުން މައުލޫމާތު ދެއްވައެވެ. އަލިފާން ރޯވުމާ ގުޅިގެން ދޯނީގެ އިންޖީނު ވަނީ ހުއްޓިފައެވެ.

އެމްއެންޑީއެފުން މައުލޫމާތު ދިން ގޮތުގައި އެ ހާދިސާ ހިނގާފައިވަނީ ލާމު އަތޮޅުގެ ދެކުނުން 38 ނޯޓިކަލް މޭލު ބޭރުގައި ދޯނި އޮއްވައެވެ. އަދި ހާދިސާ ހިނގި އިރު ދޯނީގައި 6 މީހުން ތިބި ކަމަށާއި، އޭގެ ތެރޭގައި ހިމެނެނީ 2 ދިވެހިންނާއި 4 ބިދޭސީން ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.

މިހާދިސާގައި ދޯނީގައި ހުރި އެއްވެސް މީހަކަށް އަނިޔާއެއް ވެފައި ނުވެއެވެ.

 

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް