logoEN
ކޮކާކޯލާ
ފާރިސް ހައްޔަރު ކުރީ ގޯސްކޮށް: ހުކުމް

ފާރިސް ހައްޔަރު ކުރީ ގޯސްކޮށް: ހުކުމް

އަޙްމަދު ޖަމީލު

logo

1/28/2021, 4:33:51 PM

# ފާރިޝް މައުމޫން

Faris-Maumoon (2)

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ދިއްގަރު ދާއިރާގެ އޭރުގެ މެންބަރު އަހުމަދު ފާރިސް މައުމޫން ހައްޔަރު ކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރަކީ ބާތިލު އަމުރެއް ކަމަަށް ހައިކޯޓުން ކަނޑައަޅައިފި އެވެ.

އަބުޅޯ

ފާރިސް ހައްޔަރު ކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރުގެ މައްސަލަ ހައިކޯޓަށް ހުށައެޅީ އޭނާގެ ފަރާތުންނެވެ. ފާރިސް ވަނީ އިސްތިއުނާފުގައި 11 ނުކުތާއެއް ފާހަގަކޮށްފައެވެ. މި މައްސަލަ ބެލުމަށްފަހު ހައިކޯޓުން މިއަދު އިއްވި ހުކުމްގައި ބުނެފައިވަނީ ކްރިމިނަލް ކޯޓްގެ އަމުރު ބާތިލް ކަމަށެވެ.

މި މައްސަލަ ބެއްލެވި ފަނޑިޔާރުން ވަނީ މި މައްސަލާގައި ދަށު ކޯޓްގެ އަމުރު ބާތިލު ކަމަަށް ނިންމި ވަރަށް ގިނަ ސަބަބުތައް ބަޔާންކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަމުގެ ވޯޓް ފާސްކުރުމަށް މަޖިލީހުގެ މެންބަރުންނަށް ނުފޫޒު ފޯރުވާ ގާނޫނާއި ހިލާފަށް މަސައްކަތް ކޮށްފައިވާ ކަމަށް ތުހުމަތުކޮށް ފާރިސް ހައްޔަރު ކުރުމުގެ އަމުރަކަށް ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން އެންގުމުން އެ އަމުރު ނެރެފައިވަނީ ޖުލައި 19، 2017 ގައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ