logoEN
Sto top
އެމްއެންޑީއެފް މެޑިކަލް ކޯރއިން ބ.ކަމަދޫގައި މެޑިކަލް ކޭމްޕެއް ފަށައިފި

އެމްއެންޑީއެފް މެޑިކަލް ކޯރއިން ބ.ކަމަދޫގައި މެޑިކަލް ކޭމްޕެއް ފަށައިފި

އަހުމަދު ޝުރާއު

logo

10/19/2022, 2:12:27 PM

4113

އެމްއެންޑީއެފް މެޑިކަލް ކޯރއިން "ސިފައެހީ މެޑިކަލް ކޭމްޕް" ގެ ނަމުގައި ބ.ކަމަދޫގައި ކޭމްޕެއް ފަށައިފިއެވެ.

Wamco

މި މަހުގެ 19 އިން 20 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މެޑިކަލް ކޭމްޕުގައި، އެ ރަށު ރައްޔިތުންނަށް އިންޓަރނަލް މެޑިސިން، ރޭޑިއޯލޮޖީ، އޯރތޮޕީޑިކްސް، ރެސްޕިރޭޓަރީ މެޑިސިން، ސާޖަރީ، ޕީޑިއޭޓްރިކްސް، ޑެންޓިސްޓްރީ، އަދި އާންމު ބަލިތަކަށް ކޮންސަލްޓޭޝަންސް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން، ކްލިނިކަލް ސަރވިސްއެއް ކަމުގައިވާ ޕަލްމޮނަރީ ފަންކްޝަން ޓެސްޓްތަކާއި، ފަސްޓް ރެސްޕޮންޑަރ ޓްރެއިނިންގ ސެޝަންތައް އެ ރަށު ރައްޔިތުންނަށް އެމްއެންޑީއެފް މެޑިކަލް ކޯރއިން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

އެމްއެންޑީއެފް މެޑިކަލް ކޯރގެ ފަރާތުން މި ކޭމްޕުގައި އަށް ޑޮކްޓަރުން ހަރަކާތްތެރިވާއިރު، އޭގެތެރޭގައި ހަ ސްޕެޝަލިސްޓުންނާއި، ޑެންޓިސްޓަކާއި، މެޑިކަލް އޮފިސަރެއްގެ އިތުރުން، ތިން ނަރުހުންނާއި، ފަސްޓް އެއިޑް އިންސްޓްރަކްޓަރުންނާއި ކްލިނިކަލް އެސިސްޓެންޓުންނާއެކު ޖުމްލަ 17 ސިފައިން ބައިވެރިވެއެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside